logo
MPL

MPL

ކުޅިވަރު

ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން ފަހަތުން އަރައި ގަލަތަސަރާއި ބަލިކޮށްފި

އަބްދުﷲ ޣާނިމް
13 އޮކްޓޯބަރު 2026 - 21:53
ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން ފަހަތުން އަރައި ގަލަތަސަރާއި ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޒުވާން ތަރި ލަމީން ޔަމާލް ދެއްކި މޮޅު ކުޅުމާއެކު، ފަހަތުން އަރައި 1-4 އިން ތުރުކީގެ ގަލަތަސަރާއި ބަލިކޮށް ބާސެލޯނާއިން މުބާރާތުގައި ދެވަނަ މޮޅު ހޯދައިފިއެވެ.

ގަލަތަސަރާއިގެ ދަނޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓުގައި އަލެކްސީ ބަޓްރަކޯވް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އެ ޓީމުން ޖެހި ދެވަނަ ލަނޑު ވީއޭއާރުން ބަލައިނުގަތްއިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ބާސާއަށް އެއްވަރުކޮށްދިނީ ހާއޮ ކަންސޭލޯއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ހަންސީ ފްލިކްގެ ބާސެލޯނާއިން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ ކޮންޓްރޯލް ނަގާފައެވެ. އެގޮތުން 50 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް އަދި 53 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ލަނޑު ޖެހީ ޔަމާލް ތަނަވަސްކޮށްދިން ފުރުސަތުތަކުންނެވެ. ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަރީމް އަދެޔެމީއެވެ.

މި މެޗުގައި ޔަމާލް ވަނީ ލަނޑު ޖަހާނެ 5 ފުރުސަތު ތަނަވަސްކޮށްދީ އިދިކޮޅު ގޯލަށް 5 ހަމަލާ ފޮނުވާލާފައެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވި ބާސެލޯނާ ދެން ނުކުންނާނީ އަންނަ އަންގާރަ ދުވަހު ޕީއެސްޖީއާ ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާއިން ފަހަތުން އަރައި ގަލަތަސަރާއި ބަލިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންގެޓަފޭ ވެސް ބަލިކޮށް ބާސާއިން ރެކޯޑް ހަދައި ފަތުއަޑުޖަހާފައި ކުރިޔަށްކުޅިވަރު | 3 ދުވަސް ކުރިންބާސެލޯނާއިން ރެފްރީންނަށް ރިޝްވަތުދިން މައްސަލައާއި ގުޅޭ 500އަށްވުރެ ގިނަ ޞަފްޙާގެހެކި ރެއާލް މެޑްރިޑުން ޔުއޭފާއަށް ހުށަހަޅައިފިކުޅިވަރު | 12 ދުވަސް ކުރިންބާސެލޯނާއިން އަބުރުގެ ދަޢުވާކުރުމަށް ރެއާލް މެޑްރިޑް ގޮވައިގެން ކޯޓަށްކުޅިވަރު | 14 ދުވަސް ކުރިން