logo
ކުރިއަށް އޮތް 2 އަހަރު ތެރޭ ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އަރާނެ: ޕާކިސްތާނު ބޮޑުވަޒީރުMPL

MPL

ކުޅިވަރު

ލައިޕްޒިގް ބަލިކޮށް ރެއާލް މެޑްރިޑުން ފުރިހަމަ ރެކޯޑު ދަމަހައްޓައިފި

އަބްދުﷲ ޣާނިމް
21 އޮކްޓޯބަރު 2026 - 21:28
ލައިޕްޒިގް ބަލިކޮށް ރެއާލް މެޑްރިޑުން ފުރިހަމަ ރެކޯޑު ދަމަހައްޓައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އާރުބީ ލައިޕްޒިގްގެ މައްޗަށް 1-4 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ރެއާލް މެޑްރިޑުން މި ސީޒަނުގެ މުބާރާތުގައި ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ. ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗު ކޮންޓްރޯލްކޮށްފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، އަރްދާ ގުލާ ފޮނުވާލި ހަމަލާއެއް ގޯލްކީޕަރު މާޓެން ވެންޑެވޯޑް ދިފާއުކުރުމުން ލިބުނު ރީބައުންޑް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ބެރްނާޑޯ ސިލްވާއެވެ. މިއީ ރެއާލް މެޑްރިޑަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން 52 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ލީޑު ފުޅާކުރިއެވެ. ކީލިއަން އެމްބާޕޭ ބޮލުން ޖައްސާލި ބޯޅައަކުން މި ލަނޑު ޖަހައިދިނީ ގުލާއެވެ. މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އެމްބާޕޭ ރެއާލްގެ ތިންވަނަ ލަނޑު ޖެހިއެވެ.

އޭގެ ފަހުން ލައިޕްޒިގްގެ ޓިޑިއަމް ގޮމިސް އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، ޔާން ޑިއޮމާންޑޭ ފޮނުވާލި ބާރު ވޮލީއަކުން ރެއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 1-4 އަށް ބަދަލުކުރިއެވެ. މި ކާމިޔާބީއާއެކު، އަންނަ އާދީއްތަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ މުހިންމު އެލް ކްލެސިކޯ މެޗާ ކުރިމަތިލާއިރު ރެއާލް މެޑްރިޑަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލައިޕްޒިގް ބަލިކޮށް ރެއާލް މެޑްރިޑުން ފުރިހަމަ ރެކޯޑު ދަމަހައްޓައިފިކުޅިވަރު | ގަޑިއިރެއް ކުރިންރެއާލް މެޑްރިޑާއި ނާޒީންނާއި އެއްވަރުކޮށް ވާހަކަދެއްކުމުން ލަލީގާގެ ރައީސްއާއި ދެކޮޅަށް ފިޔަވަޅުއަޅަނީކުޅިވަރު | 2 ދުވަސް ކުރިންވިނީ ނެތި މެޑްރިޑުން އުދުހެނީ، ސެވިއްޔާ ބޮޑު ބައްޔަކުން ބަލިކޮށް އެލް ކްލެސިކޯގެ އުއްމީދ އާކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޗެންޕިއަންސް ލީގުގެ ކަމްބެކް ކިންގްސް 7 މިނެޓުތެރޭގައި ތިން ގޯލުޖަހައި ފަހަތުން އަރައި މޮޅުވެއްޖެކުޅިވަރު | 7 ދުވަސް ކުރިން