ޗެންޕިއަންސް ލީގުގެ ކަމްބެކް ކިންގްސް 7 މިނެޓުތެރޭގައި ތިން ގޯލުޖަހައި ފަހަތުން އަރައި މޮޅުވެއްޖެ
14 އޮކްޓޯބަރު 2026 - 21:47

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-1 އިން ބަލިވާން ދަނިކޮށް، ފަހު ހަތް މިނެޓު ތެރޭ ތިން ލަނޑު ޖަހައި 4-3 އިން ރެއާލް މެޑްރިޑް މޮޅުވެ، އެ ޓީމަކީ "ކަމްބެކްގެ ރަސްގެފާނުން" ކަން އަނެއްކާވެސް ސާބިތުކޮށްދީފިއެވެ. ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު މި ފޯރިގަދަ މެޗުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ނުކުތް މެޑްރިޑުން ފަހަތުން އަރައި މި ހޯދި މޮޅާއެކު މޮރީނިއޯ ވަނީ އޭނާގެ ކުރީގެ ކްލަބު ރޯމާގެ މައްޗަށް ކުރި ހޯދާފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި މާޓެން ޑި ރޫންގެ ލަނޑުން ރޯމާ ކުރިހޯދާފައި ވަނިކޮށް، ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި ކީލިއަން އެމްބާޕޭ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގައި ރޯމާގެ ޑޮންޔެލް މާލެން ހަ މިނެޓު ތެރޭ ޖެހި ދެ ލަނޑާއެކު ރޯމާއިން 3-1 އިން ލީޑު ފުޅާކުރިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަމަވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ކާލޯސް އެސްޕީ، އެންޑްރިކް އަދި އާޑާ ގުލާ މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. 83 ވަނަ މިނެޓުގައި އެސްޕީ ލަނޑެއް ޖެހިއިރު، އޭގެ ދެ މިނެޓު ފަހުން އެންޑްރިކް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި 90 ވަނަ މިނެޓުގައި ވޮލީއަކުން ކުރީގެ ރޯމާ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ޖެހި ލަނޑުން މެޑްރިޑް ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މި މެޗުގައި އެމްބާޕޭ ވަނީ އުމުރުން 27 އަހަރާއި 298 ދުވަހުގައި ޗެމްޕިއަންސް ލީގުގެ 100 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ލިއޮނެލް މެސީގެ ރެކޯޑު މުގުރާލުމުގެ އިތުރުން ކްލަބް ފުޓުބޯޅައިގައި 500 ގޯލް ކޮންޓްރިބިއުޝަން ހަމަކޮށްފައެވެ.

-01.jpg&w=3840&q=75)
