logo
MPL

MPL

ކުޅިވަރު

ވަލްވާޑޭގެ އަނިޔާއިން ސަލާމަތްވި އަވަސްމިނަށް އެތުލެޓިކޯއިން މަލާމާތްކޮށްފި

އަބްދުﷲ ޣާނިމް
9 އޮކްޓޯބަރު 2026 - 20:49
ވަލްވާޑޭގެ އަނިޔާއިން ސަލާމަތްވި އަވަސްމިނަށް އެތުލެޓިކޯއިން މަލާމާތްކޮށްފި

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ފެޑޭ ވަލްވާޑޭގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާއަށް ފަހު،ރެއާލް މެޑްރިޑުން އޭރު އިޢުލާނު ކުރިތާރީޚަށްވުރެ މާ އަވަހަށް އޭނާ އެނބުރި ޓީމުގެ ސްކޮޑަށް އައުމާ ގުޅިގެން ވާދަވެރި އެތުލެޓިކޯ މެޑްރިޑުން މަލާމާތްކޮށްފިއެވެ. އެގޮތުން ދުނިޔޭގެ މެޑިކަލް މާހިރުންގެ ނިންމުންތަކަކީ ނުބައި ނިންމުންތަކެއްކަން ސާބިތުކޮށްދީ ރެއާލް މެޑްރިޑުން ތާރީޚު ލިޔަމުންދާތީ މަރުހަބާ ކިޔާ ކަމަށް ބުނެ އެތުލެޓިކޯއިން ވަނީ ސޯޝަލް މީޑިއާގައި މަލާމާތުގެ ޕޯސްޓެއް ހިއްސާކޮށްފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

މި މައްސަލައިގެ ފެށުމަކީ ސެޕްޓެމްބަރު 20 ގައި ކުޅުނު މެޑްރިޑް ޑާބީ މެޗުގައި އެތުލެޓިކޯގެ ކަންގް-އިން ލީ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ވަލްވާޑޭގެ ކުޑަހުޅަށް ލިބުނު އަނިޔާއެވެ. އެ މެޗުން ރެއާލް މެޑްރިޑް 2-1 އިން ބަލިވި އިރު، މެޗަށް ފަހު ރެއާލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަލްވާޑޭގެ ވާތު ކުޑަހުޅަށް "ތާޑް-ޑިގްރީ ސްޕްރެއިން" އެއް ލިބިފައިވާ ކަމަށެވެ. އަދި އެ ފަދަ ނުރައްކާތެރި ފައުލެއް ކުރި ކުޅުންތެރިޔާ ދަނޑުން ބޭރުކުރަންޖެހޭނެ ކަމަށް ބުނެ ރެއާލްގެ ބޯޑުން ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.
ނަމަވެސް މިފަދަ ނުރައްކާތެރި ފައުލްތަކުގައި ގިނަފަހަރަށް އިނދިކޮޅު ކުޅުންތެރިޔާއަށް ރަތްކާޑު ދެއްކިނަމަވެސް އެމެޗުގައި އެ ކުޅުންތެރިޔާއަށް ރީނދޫކާޑުވެސް ނުދައްކައެވެ. މި މައްސަލައިގައި ރެއާލްގެ ކޯޗު އަދި މެނޭޖްމަންޓުން ވަނީ ވަރަށް ބޮޑަށް ރެފްރީންނަށް ފާޑުކިޔާފައެވެ. އަދި މެޗަށްފަހު ރެފްރީންގެ ކޮމިޓީއިންވެސް ވަނީ އެއީ ރެފްރީއަށް ހެދުނު ގޯހެއްކަމަށް އިއުތިރާފުވެ، ރެފްރީ ދެމެޗަށް ސަސްޕެންޑްކޮށްފައެވެ.

މެޑިކަލް ރިޕޯޓުގައި ބުނެފައިވާ ފަދަ ސީރިއަސް އަނިޔާއަކުން ރަނގަޅުވާން އެތައް ހަފުތާއެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، މެޑިކަލް ބަޔާން ނެރުނުތާ އެންމެ 17 ދުވަހުގެ ތެރޭގައި ވަލްވާޑޭ ވަނީ އެނބުރި ޓީމުގެ ސްކޮޑަށް ނަގާފައެވެ. ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށް ފަހު ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑު ހޮވުމާ ހަމައަށް ރެއާލް މެޑްރިޑުން ވަލްވާޑޭގެ ފިޓްނަސްގެ ޚަބަރުތައް ސިއްރުކޮށްފައި ބޭއްވިއެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ފަރިތަކުރުންތައް އެއްވެސް މައްސަލައެއް ނެތި ފުރިހަމަކުރުމުން ކޯޗު ހޯސޭ މޮރީނިއޯ ވަނީ އޭނާ ޓީމުގައި ހިމަނާފައެވެ.

އަނިޔާގެ ވާހަކަތަކަށް ތިން ހަފުތާ ވެފައި ވަނިކޮށް، ވަލްވާޑޭ އެހާ އަވަހަށް ދަނޑަށް އެނބުރި އައުމަކީ "މުއުޖިޒާތެއް" ގެ ގޮތުގައި ސިފަކޮށް އެތުލެޓިކޯއިން ވަނީ ރެއާލް މެޑްރިޑަށް މަލާމާތް ރައްދުކޮށްފައެވެ. މިއާ އެކު، މެޗުގެ ތެރޭގައާއި މެޗަށް ފަހު ހިނގައިދިޔަ ހޫނުގަދަ ބަހުސްތަކުގެ އަޑު ވަނީ އަނެއްކާވެސް ސްޕެއިންގެ ފުޓުބޯޅައިގައި ގަދަވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަލްވާޑޭގެ އަނިޔާއިން ސަލާމަތްވި އަވަސްމިނަށް އެތުލެޓިކޯއިން މަލާމާތްކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންބާސެލޯނާއިން ރެފްރީންނަށް ރިޝްވަތުދިން މައްސަލައާއި ގުޅޭ 500އަށްވުރެ ގިނަ ޞަފްޙާގެހެކި ރެއާލް މެޑްރިޑުން ޔުއޭފާއަށް ހުށަހަޅައިފިކުޅިވަރު | 8 ދުވަސް ކުރިންބާސެލޯނާއިން އަބުރުގެ ދަޢުވާކުރުމަށް ރެއާލް މެޑްރިޑް ގޮވައިގެން ކޯޓަށްކުޅިވަރު | 10 ދުވަސް ކުރިންރެއާލް މެޑްރިޑްއާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ރެފްރީން ނިންމާފައިވާ ނިންމުންތަކަށް މާފަށްއެދި ރެފްރީ ސަސްޕެންޑްކުރަނީކުޅިވަރު | 18 ދުވަސް ކުރިން