މޮރީނިއޯގެ އިރުޝާދުގެދަށުން މެޑްރިޑް އުދުހޭން ފަށައި ބާސާއާއި ޕޮއިންްޓް އެއްވަރުކޮށްފި
8 ނޮވެމްބަރު 2026 - 03:49

ސްޕެނިޝް ލަލީގާގައި ވެލެންސިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ފަސޭހަ ކާމިޔާބީއެއް ހޯދައި، ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އެއްމެޗު މަދުން ކުޅެފައިވާ ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ލީޑު ނަގައިދިނީ ފެޑެރިކޯ ވަލްވާޑޭ އާއި އަރްދާ ގުލާ އެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭރިއާ ބޭރުން ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާއަކުން ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ އަށް މިނެޓު ފަހުން ގުލާ ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މެޗުގެ 75 ވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑު ކީޕަރު ކައިރިން ނައްޓާލުމަށްފަހު ކާމިޔާބުކުރީ ކިލިއަން އެމްބާޕޭ އެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އެ ލަނޑު ޖެހިތާ ކުޑައިރުކޮޅެއް ފަހުން، އެމްބާޕޭ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވެލެންސިއާގެ ކެޕްޓަން ހޯސޭ ގާޔާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މި މޮޅާއެކު ރެއާލް މެޑްރިޑުން ލީގު ތަށި ހޯދުމުގެ ރޭހުގައި ވާދަވެރިންނަށް ބޮޑު ޕްރެޝަރެއް ކުރިމަތިކޮށްފައިވާއިރު، ބައިނަލްއަގުވާމީ މެދުކެނޑުމަށްފަހު ސަސްޕެންޝަން ހަމަކޮށް ވިނީޝިއަސް ޖޫނިއާ ވެސް އަލުން ޓީމާ ގުޅޭނެއެވެ.
މީގެ އިތުރުން ބާސެލޯނާ މިރޭ ނިކުންނާއީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.

-01.jpg&w=3840&q=75)
