logo
MPL

MPL

ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފި

އަބްދުﷲ ޣާނިމް
1 ނޮވެމްބަރު 2026 - 18:43
ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭސިން ސަންތަންދޭ އަތުން 3-0 އިން މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ރެއާލް މެޑްރިޑުން ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި ތިން ލަނޑުވެސް ކާމިޔާބުކޮށްފައެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭއެވެ. މިއީ މި ސީޒަނުގެ ލީގުގައި އޭނާ ޖެހި 12 ވަނަ ލަނޑެވެ. އޭގެ ދިހަ މިނެޓު ފަހުން އާޑާ ގުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޫޑް ބެލިންހަމް ދެވަނަ ލަނޑު ޖެހިއިރު، މިއީ ރެއާލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އަދި ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ޖެހި ބާރު ހަމަލާއަކުން ތިންވަނަ ލަނޑު ޖަހައިދިނީ ޔާން ދިއޮމާންޑޭއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މޮޅާއެކު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލުން ލީގު ތާވަލުގެ ކުރީގައި ވާދަވެރިކަން ދަމަހައްޓަމުން އަންނައިރު، ރޭސިން ސަންތަންދޭއަށް މުޅި މެޗުގައިވެސް ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 7 ދުވަސް ކުރިންކުއްލިގޮތަކަށް ރެއާލް މެޑްރިޑްގެ ކީޕަރު ބަލިވެ، މިރޭގެ މެޗުގެ ކުރިން އިތުރު ހާސްކަމެއްކުޅިވަރު | 7 ދުވަސް ކުރިންލައިޕްޒިގް ބަލިކޮށް ރެއާލް މެޑްރިޑުން ފުރިހަމަ ރެކޯޑު ދަމަހައްޓައިފިކުޅިވަރު | 11 ދުވަސް ކުރިން