logo
MPL

MPL

ކުޅިވަރު

ރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީ

އަބްދުﷲ ޣާނިމް
5 ނޮވެމްބަރު 2026 - 03:39
ރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީ

"ކިޑް މެސީ" ނުވަތަ "މެސީ ރީޖެން 2.0" ގެ ނަމުން މަޝްހޫރުވެފައިވާ މެންޗެސްޓަރ ޔުނައިޓެޑްގެ އުމުރުން 16 އަހަރުގެ ހުނަރުވެރި ފޯވާޑް ޖޭޖޭ ގެބްރިއަލް ހޯދުމަށް، ސްޕެއިންގެ ގަދަފަދަ ރެއާލް މެޑްރިޑާއި ޔުނައިޓެޑާ ދެމެދު ބޮޑު ކުރިމަތިލުމެއް އުފެދިއްޖެއެވެ. ގެބްރިއަލް ރެއާލް މެޑްރިޑަށް ބަދަލުވުމުގެ 'ޕާސަނަލް ޓާމްސް' ކުޅުންތެރިޔާ އާއި ރެއާލް އާ ދެމެދު އެއްބަސްވެފައިވާކަން ސްކައިނިއުސް އަދި މަޝްހޫުރު ޖާނަލިސްޓް ފަބްރީޒިއޯ ރޮޟާނޯ ވަނީ ރިޕޯޓްކޮށްފައެވ. މި ޓްރާންސްފާއާ ގުޅޭގޮތުން ރެއާލުން އަދި ކުޅުންތެރިޔާގެ އާއިލާގެ ފަރާތުން ވެސް ރަސްމީކޮށް ޔުނައިޓެޑަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޕާސްޕޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ގެބްރިއަލް ވަނީ، އޮކްޓޯބަރު މަހު 16 އަހަރު ފުރުމުގެ ކުރިން، ސެޕްޓެމްބަރު މަހު އޭނާގެ ރަޖިސްޓްރޭޝަން ބާތިލުކޮށްދިނުމަށް ޔުނައިޓެޑްގައި އެދި ކްލަބުގެ ފަރިތަކުރުންތަކާ ދުރުވެފައެވެ. އެހެން ނަމަވެސް އޭނާ އަދިވެސް ހުރީ އެ ކްލަބުގެ ރަޖިސްޓްރީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޔަލަންޑްގެ ކުރީގެ ކުޅުންތެރިޔާ ޖޯ އޯކެރޮލްގެ ދަރިފުޅު ގެބްރިއަލް އަކީ ޔުނައިޓެޑްގެ ޖިމީ މާފީ ޔަންގް ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑް ހާސިލްކުރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. ޔޫއެފާ ޔޫތު ލީގުގައި ކުޅުނު މެޗުގައި ހެޓްރިކް ހެދި ނަމަވެސް، ޗެމްޕިއަންސް ލީގު ސްކޮޑުގައި އޭނާ ނުހިމެނުމުން އޭނާގެ މަންދޫބުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކަރަބައޯ ކަޕްގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު ނަމަ، އޭނާ ވާނީ ޔުނައިޓެޑަށް ވާދަވެރި މެޗެއް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
ޔުނައިޓެޑްގެ އެގްރީމަންޓްގައި ހުރި މިކުޅުންތެރިޔާ ރެއާލް އަށް ބަދަލުވުމުގެ ކަންކަން ކުރިޔަށް ގެންދާނަމަ، އެކަމާއި ދެކޮޅަށް ޔުނައިޓެޑްއިން ޤާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 44 މިނިޓު ކުރިންހަތުރުން ރޮެއްވާލުމަށްފަހު އަނެއްކާވެސް ފަހުވަގުތު ފަހަތުން އަރައި ރެއާލް މޮޅުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | ދުވަހެއް ކުރިންރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފިކުޅިވަރު | 3 ދުވަސް ކުރިން