logo
MPL

MPL

ކުޅިވަރު

ހަތުރުން ރޮެއްވާލުމަށްފަހު އަނެއްކާވެސް ފަހުވަގުތު ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
5 ނޮވެމްބަރު 2026 - 03:26
ހަތުރުން ރޮެއްވާލުމަށްފަހު އަނެއްކާވެސް ފަހުވަގުތު ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

ފަހަކަށް އައިސް ރެއާލް މެޑްރިޑުން ފަހަތުން އަރައި އިނދިކޮޅު ޓީމުތައް ބަލިކުރުމުގެ ސިލްސިލާއަށް އަނެއްކާވެސް ބޮޅެއް އިތުރުކޮށްފިއެވެ. ޗެމްޕިއަންސް ލީގުގައި ރޭ ގްރީސްގެ އޭއީކޭ އެތެންސް އަތުން 3-2 އިން މޮޅުވެ، ރެއާލް މެޑްރިޑުން މި ސީޒަނުގެ މުބާރާތުގައި ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ. އޯލްވިން އެރީނާގައި ކުޅުނު ފޯރިގަދަ މި މެޗުން ރެއާލް މޮޅުވީ މެޗުގެ އިތުރު ވަގުތުގެ 92 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެޑެރީކޯ ވަލްވާޑޭ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ.

މެޗުގައި ދެ ފަހަރެއްގެ މަތިން އޭއީކޭ އިން ކުރިހޯދިއެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އަބޫބަކަރީ ކޮއިޓާ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، 32 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ސްޓަވްރޯސް ޕިލިއޯސް އަނެއްކާވެސް އޭއީކޭ އަށް ކުރިހޯދައިދިން ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ކީލިއަން އެމްބާޕޭ ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލް މެޑްރިޑް އެއްވަރުވާން ދަނިކޮށް، ވަލްވާޑޭ ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް ވައްދާލައިގެން މެޗު ކާމިޔާބުކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 44 މިނިޓު ކުރިންހަތުރުން ރޮެއްވާލުމަށްފަހު އަނެއްކާވެސް ފަހުވަގުތު ފަހަތުން އަރައި ރެއާލް މޮޅުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ ފަރަގު ކުޑަކޮށްފިކުޅިވަރު | 3 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 10 ދުވަސް ކުރިން