ފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއް
4 ނޮވެމްބަރު 2026 - 03:07

ހާލުގައި ޖެހިފައި އެންމެ ފަހުން ކުޅުނު 9 މެޗުންވެސް މޮޅެއް ނުލިބި، ލީގުގެ ރެލިގޭޝަނުގައި އޮތް މެންޗެސްޓަރ ޔުނައިޓެޑް އަށް މުހިންމު މޮޅެއް ލިބިއްޖެއެވެ. ޗެމްޕިއަންސް ލީގުގައި ރޭ ރޯމާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 އިން ކާމިޔާބުކޮށް، ޕްރެޝަރު ބޮޑުވެފައިވާ ކޯޗު މައިކަލް ކެރިކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ. މެޗު ފެށިގެން ފުރަތަމަ 17 މިނެޓުގެ ތެރޭގައި މަޓިއަސް ސޫލޭ އަދި ޑޮންޔެލް މާލެން ކާމިޔާބުކުރި ލަނޑުތަކާއެކު ރޯމާއިން ދެ ލަނޑުގެ ލީޑެއް ނެގުމުން، ޔުނައިޓެޑްގެ ނާކާމިޔާބީގެ ސިލްސިލާ ދިގުލައިގެން ހިނގައިދާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް، ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ އޮއިވަރު ބަދަލުކޮށްލައިފަ އެވެ. އެގޮތުން 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ފަރަގު ކުޑަކޮށްދިން އިރު، މެޗުގެ 83 ވަނަ މިނެޓުގަޔާއި އޭގެ ތިން މިނެޓު ފަހުން މަތެއުސް ކޫންޔާ ޖެހި ދެ ލަނޑާއެކު ޔުނައިޓެޑުން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގައި ކޫންޔާ މޮޅުވި ގޯލްޖެހުމާއެކު އުފާފާޅު ކުރުމުގެ ތެރޭގައި ޖޯޒީ ބޭޅުމުގެ ސަބަބުން ރަތްކާޑު ދައްކާފައިވަނިކޮށް، 90 ވަނަ މިނެޓުގައި ކޫންޔާ ކުރި ފައުލަކާއި ގުޅިގެން އޭނާ ވަނީ ރަތްކާޑުދައްކާ ފޮނުވާލާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ކާމިޔާބީއާއެކު މެޗަކުން މޮޅުނުވެ ޔުނައިޓެޑުން ވޭތުކުރި ނުވަ މެޗުގެ ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ފޯރީގައި އުފާފާޅުކުރުމުގެ ތެރޭގައި ޖާޒީ ބޭލުމާއި ފަހު ވަގުތު ކުރި ފައުލަކާ ގުޅިގެން ކޫންޔާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް، މިއީ އޮކްޓޯބަރު 2021 ގެ ފަހުން ދެ ލަނޑުން ބަލިވަމުން ދަނިކޮށް ފަހަތުން އަރައި ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ.

-01.jpg&w=3840&q=75)
