ޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފި
31 އޮކްޓޯބަރު 2026 - 04:09

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން 10 ކުޅުންތެރިންނާއެކު ކުޅުނު މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބު ހޯދައިފިއެވެ. މި ނަތީޖާއާއެކު، ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް އޮތް ޕްރެޝަރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ޔުނައިޓެޑުންނެވެ. ނަމަވެސް ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ނުވަނީސް މޯގަން ރޮޖާސް ވަނީ ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ޗެލްސީއަށް ލީޑު ނަގައިދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ޔުނައިޓެޑަށް އިތުރު ހީނަރުކަމެއް ކުރިމަތިވީ، އޭރިއާ ތެރެއިން ފޮފާނާއަށް ކުރި ފައުލަކާ ގުޅިގެން ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒަށް ރަތްކާޑު ދައްކައި، ޗެލްސީއަށް ޕެނަލްޓީއެއް ދިނުމުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ކޯލް ޕާމާ ވަނީ ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ޕާމާ އެ ޓީމަށް ޖަހައިދިން 50 ވަނަ ލީގު ލަނޑެވެ.
މި ބައްޔާއެކު ޔުނައިޓެޑުން މޮޅެއް ނުލިބި ޖެހިޖެހިގެން ނުވަ މެޗު ހަމަކޮށްފައިވާއިރު، މިއީ 1988 ވަނަ އަހަރަށް ފަހު އެ ޓީމުގެ އެންމެ ދަށް ރެކޯޑެވެ. މި ނަތީޖާއާއެކު ލީގު ތާވަލުގެ ފުލަށް ވެއްޓުމުގެ ބިރުވެސް ޔުނައިޓެޑަށް މިހާރު ވަނީ ކުރިމަތިވެފައެވެ.

-01.jpg&w=3840&q=75)
