logo
MPL

MPL

ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ހޮހޮޅައިގައި ތިބެ، އެހީއަށްއެދި އާދޭސްކުރަނީ

އަބްދުﷲ ޣާނިމް
25 އޮކްޓޯބަރު 2026 - 16:46
މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ހޮހޮޅައިގައި ތިބެ، އެހީއަށްއެދި އާދޭސްކުރަނީ

ޓީމުގެ ދަށް ނަތީޖާތަކާ ހުރެ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން "ހޮހޮޅަތަކުގައި" ފިލައިތިބެ އެހީއަށް އެދި އާދޭސްކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު، އަމިއްލަ ދަނޑުގައި ބޯންމަތު އަތުން 3-0 އިން ބަލިވެ އެ ޓީމުގެ ހާލަތު އިތުރަށް ގޯސްވެއްޖެއެވެ. މި ނަތީޖާއާއެކު ހުރިހާ މުބާރާތެއްގައި މޮޅެއް ނުލިބި ޔުނައިޓެޑް ފާއިތުކުރި މެޗުތަކުގެ އަދަދު އަށަކަށް އަރައި، ކޯޗު މައިކަލް ކެރިކަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަޔާން އާއި މާކަސް ޓެވަރްނިއޭ ވަނީ ފަސް މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި ބޯންމަތަށް ލީޑު ނަގައިދީފައެވެ. ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބެންޗުގައި ބަހައްޓައިގެން ކުޅުނު ޔުނައިޓެޑްގެ ކުޅުން ފުރަތަމަ ހާފުގައި ދަށްވުމުން، ހާފު ނިމުމާއެކު ދަނޑަށް ވަތް ސަޕޯޓަރުން ވަނީ ޓީމަށް ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި ނަމަވެސް، 71 ވަނަ މިނެޓުގައި އެވަނިލްސަން ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް ބޯންމަތުގެ ލީޑު ފުޅާކޮށްދީފައެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، މި ސީޒަނުގައި މިހާތަނަށް ލީގުގައި އެންމެ މޮޅެއް ލިބިފައިވާ ޔުނައިޓެޑް ތާވަލުގެ ފުލުގައި އޮތުމުން ސަޕޯޓަރުންގެ މާޔޫސްކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ހޮހޮޅައިގައި ތިބެ، އެހީއަށްއެދި އާދޭސްކުރަނީކުޅިވަރު | ގަޑިއިރެއް ކުރިންކޯމޯ އަތުން މެންޗެސްޓާ ޔުނައިޓެޑް ލަދުވެތި ބައްޔެއް: ކެރިކަށް ބޮޑު ޕްރެޝަރެއްކުޅިވަރު | 4 ދުވަސް ކުރިންލީޑްސްއާ އެއްވަރުވެ، މެންޗެސްޓަރ ޔުނައިޓެޑް މޮޅެއް ނުލިބި ހަ މެޗު ހަމަކޮށްފިކުޅިވަރު | 7 ދުވަސް ކުރިންމޮޅެއް ނުލިބި ޔުނައިޓެޑް އެއްމަސް ހަމަކޮށްފިކުޅިވަރު | 12 ދުވަސް ކުރިން