logo
MPL

MPL

ކުޅިވަރު

މޮޅެއް ނުލިބި ޔުނައިޓެޑް އެއްމަސް ހަމަކޮށްފި

އަބްދުﷲ ޣާނިމް
13 އޮކްޓޯބަރު 2026 - 21:42
މޮޅެއް ނުލިބި ޔުނައިޓެޑް އެއްމަސް ހަމަކޮށްފި

ޗެމްޕިއަންސް ލީގުގައި 10 ކުޅުންތެރިންނާއެކު ކުޅުނު މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި، އެތުލެޓިކޯ މެޑްރިޑުން މި ސީޒަނުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ. މިއާއެކު ޔުނައިޓެޑް އެންމެ ފަހުން މެޗަކުން މޮޅެއް ލިބިފައިވަނީ މިދިޔަމަހުގެ 11 ވަނަ ދުވަހުގައެވެ.

އެތުލެޓިކޯގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން 47 ވަނަ ސިކުންތުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޕަބްލޯ ބަރިއޯސްއެވެ. މިއީ މުބާރާތުގެ ތާރީޚުގައި ޔުނައިޓެޑް ކޮޅަށް ފުރަތަމަ މިނެޓުގައި ވަން ހަތަރުވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް އެތުލެޓިކޯގެ ކާޑޯސޯ ޖެހި ލަނޑެއް ވީއޭއާރުން ބަލައިނުގަތް ނަމަވެސް، މެޗުގެ ކޮންޓްރޯލް ބޮޑަށް އޮތީ އެތުލެޓިކޯ އަތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑުން މަސައްކަތް ކުރަމުން ދަނިކޮށް، 74 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ލެނީ ޔޯރޯ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އޭގެ ފަސް މިނެޓު ފަހުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަޑެމޯލާ ލުކްމަން ވަނީ އެތުލެޓިކޯގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މޮޅު ކަށަވަރުކޮށްދީފައެވެ.

ޔުނައިޓެޑަށް ލަނޑެއް ޖަހައިދޭން ބްރަޔަން އެމްބުއޭމޯ އާއި މަތެއުސް ކޫންޔާ އަށް ލިބުނު ފުރުސަތުތައް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފައެވެ. މި ނަތީޖާއާއެކު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅޭ ޔުނައިޓެޑަށް އިތުރު ޕްރެޝަރެއް ކުރިމަތިވެފައިވާއިރު، އެތުލެޓިކޯ އިން ވަނީ ޔުނައިޓެޑާ ދެކޮޅަށް އޮތް ބަލިނުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޮޅެއް ނުލިބި ޔުނައިޓެޑް އެއްމަސް ހަމަކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުންކުޅިވަރު | 3 ދުވަސް ކުރިންކޫނިއާގެ ލަނޑާއެކު ޔުނައިޓެޑުން ފުލަމްއާ އެއްވަރުކޮށް ލަދުވެތި ބަލިވުމަކުން ސަލާމަތްވެއްޖެކުޅިވަރު | 23 ދުވަސް ކުރިންއަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފިކުޅިވަރު | މަހެއް ކުރިން