logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފި

އަބްދުﷲ ޣާނިމް
17 ސެޕްޓެމްބަރު 2026 - 06:41
އަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފި

އީއެފްއެލް ކަޕްގެ ތިންވަނަ ބުރުގައި އަމިއްލަ ދަނޑުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ފަހަތުން އަރައި ބްރައިޓަން އިން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މުބާރާތުން ކަޓުވާލައިފިއެވެ. މި ނަތީޖާއާއެކު މައިކަލް ކެރިކްގެ ޓީމަށް އިތުރު މާޔޫސްކަމަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް އަރައި، މެޗުގެ އަށްވަނަ މިނެޓުގައި ޝޭ ލޭސީ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. މިއީ 2016 ވަނަ އަހަރު މާކަސް ރަޝްފޯޑަށްފަހު، ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ކުޅެ ލަނޑު ޖެހި ފުރަތަމަ ޒުވާން ކުޅުންތެރިޔާއެވެ. އޭގެ ދެ މިނެޓު ފަހުން މޭސަން މައުންޓް ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ޗަރަލަމްޕޮސް ކޮސްޓޫލަސް ވަނީ ބްރައިޓަންއަށް ފަރަގު ކުޑަކޮށްދީފައެވެ. ދެވަނަ ހާފުގައި ބްރައިޓަންއިން ކުޅުން ވަރުގަދަކޮށް، މެޗުގެ 60 ވަނަ މިނެޓުގައި ޕާސްކަލް ގްރޮސް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ކޮސްޓޫލަސް ތަނަވަސްކޮށްދިން ފުރުސަތަކުން މެކްސިމް ޑި ކުއިޕާ ވަނީ ބްރައިޓަން މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިއީ ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި، އޯލްޑް ޓްރެފޯޑުގައި ދެ ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެފަދަ ކަމެއް ހިނގާފައިވަނީ 1976 ވަނަ އަހަރު ޓޮޓެންހަމް އަތުން 3-2 އިން ބަލިވި މެޗުގައެވެ. އަދި މިއީ ބްރައިޓަން އިން އެންމެ ފަހުން ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފަސްވަނަ މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމިއްލަ ދަނޑުގައި ދެގޯލު ޖަހާފައިވަނިކޮށް ލަދުވެތި ގޮތަކަށް ފަހަތުން އަރައި ޔުނައިޓެޑް ކަޕުން ބޭރުކޮށްލައިފިކުޅިވަރު | ގަޑިއިރެއް ކުރިންމެސީ ލައިޓް 2.0 މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފިކުޅިވަރު | ދުވަހެއް ކުރިންތިން އަހަރުފަހުން ޗެންޕިއަންސް ލީގަށް އެނބުރިއައިސް ޔުނައިޓެޑް ފެށީ ގަދަކޮށްކުޅިވަރު | 6 ދުވަސް ކުރިންއެވަރޓަންއިން މެންޗެސްޓަރ ޔުނައިޓެޑް ފަހުވަގުތު ހިފަހަށްޓައިފިކުޅިވަރު | 10 ދުވަސް ކުރިން