logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެވަރޓަންއިން މެންޗެސްޓަރ ޔުނައިޓެޑް ފަހުވަގުތު ހިފަހަށްޓައިފި

އަބްދުﷲ ޣާނިމް
7 ސެޕްޓެމްބަރު 2026 - 03:11
އެވަރޓަންއިން މެންޗެސްޓަރ ޔުނައިޓެޑް ފަހުވަގުތު ހިފަހަށްޓައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި އެއިންސްލީ މެއިޓްލޭންޑް-ނައިލްސް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޖެހި މޮޅު ލަނޑާއެކު، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-2 އިން އެއްވަރުކޮށްފިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބެންޖަމިން ސެސްކޯ މެޗުގެ ފަހުކޮޅު ޔުނައިޓެޑަށް ލީޑު ނަގައިދީފައި ވަނިކޮށް، އެވަޓަންއިން އެއްވަރުކުރީ މެޗުގެ 96 ވަނަ މިނެޓުގައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ބްރަޔަން އެމްބުއެމޯ ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ކުރިހޯދައިދީފައެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ހައިޑަން ހެކްނީ ތަނަވަސްކޮށްދިން ފުރުސަތަކުން ޓައިރީކް ޖޯޖް ވަނީ އެވަޓަންއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އެ ކްލަބަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލޫކް ޝޯ ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ސެސްކޯ ޔުނައިޓެޑަށް އަލުން ލީޑު ހޯދައިދިނެވެ. އެހެންނަމަވެސް އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި ނުސައިރު މަޒްރައުވީ ސާފުކޮށްލަން އުޅުނު ބޯޅައެއް ހޯދައި، މެއިޓްލޭންޑް-ނައިލްސް ފޮނުވާލި ބާރު ހަމަލާއަކުން ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައި ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

ޓްރާންސްފާ ޑެޑްލައިނަށްފަހު ފޯވާޑުންގެ ދަތިކަން ކުރިމަތިވެފައިވާ އެވަޓަންއިން މި މެޗުގައި ރަނގަޅު އެޓޭކިން ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ޔުނައިޓެޑްގެ ގޯލަށް 18 ހަމަލާ ފޮނުވާލައި އޭގެ ތެރެއިން 6 ހަމަލާ ގޯލާ އަމާޒުކޮށްފައެވެ. މެއިޓްލޭންޑް-ނައިލްސް ޖެހި މި ލަނޑަކީ 95 މިނެޓާއި 11 ސިކުންތުގައި ކާމިޔާބުކުރި ލަނޑަކަށް ވުމާއެކު، މިއީ ހިލް ޑިކިންސަން ސްޓޭޑިއަމްގައި އެވަޓަންއިން އެންމެ ފަހު ވަގުތު ޖެހި ޕްރިމިއާ ލީގު ލަނޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިއަރ ލީގުގެ ޗެންޕިއަން އާސެނަލުން ފަހަތުން އަރައި ވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށްފިކުޅިވަރު | 11 މިނިޓު ކުރިންއެވަރޓަންއިން މެންޗެސްޓަރ ޔުނައިޓެޑް ފަހުވަގުތު ހިފަހަށްޓައިފިކުޅިވަރު | 20 މިނިޓު ކުރިންއައު ސީޒަނެއް، ޔުނައިޓެޑްގެ ތަފާތެއް ނެތް. އަލަށް ޕްރޮމޯޓްވި ބައެއް އަތުން ބަލިވެއްޖެކުޅިވަރު | 15 ދުވަސް ކުރިންދާއިމީކޮށް ސޮއިކުރާނެކަމުގެ ފޮނިހުވަފެންތަކާއެކު ބާސާއަށްދިޔަ ރަޝްފޯޑު އުނބަށްޖަހައި އެނބުރި ޔުނައިޓެޑްއަށްކުޅިވަރު | މަހެއް ކުރިން