މުޅި ސީޒަނުގައި އެއް ސްކްރިޕްޓެއް؛ ކަރުތާފެނަށް ވެއްޓޭއިރަށް މެޑްރިޑް ސަލާމަތްކުރަނީ އެސްޕީ
22 ނޮވެމްބަރު 2026 - 03:21

ރެއާލް މެޑްރިޑުން ސީޒަމުގެ މެދަކާއި ހަމައަށްދިޔައިރު، ކުޅޭ އެއް ފިލްމެއް ނުވަތަ ސްކިރިޕްޓެއް ކުޅެންފަށައިފިއެވެ. އެގޮތުން ޓީމު ކިތަންމެ ބަލިކޮށް ކުޅެ ނުވަތަ ޓީމު ބަލިވަމުންދާ މެޗުތަކެއްގައި، ފަހުވަގުތު ކާލޯސް އެސްޕި ދަނޑަށް އަރުވައި ޓީމު ސަލާމަތްކުރުން މިހާރުވަނީ ތީމުގެ އާދައަކަށްވެފައެވެ. އެގޮތުން މިސީޒަނުގައި މިހާތަނަށް ހަތަރުމެޗަކުން އެސްޕީ ވަނީ މެޑްރިޑް އަށް ފަހުވަގުތު ތިން ޕޮއިންޓް ހޯދައިދީފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގައި ދެފަހަރު ފަހުވަޤުތު ޓީމު ސަލާމަތްކޮށްދީފައިވާއިރު، މިދިޔަ މަހުގައިވެސް ވަނީ ޗެންޕިއަންސް ލީގުގައި ބެންޗުން އަރައި ފަހުވަގުތު ރޯމާއަތުން 3 ޕޮއިންޓް ހޯދައިދީފައެވެ.
އިންޓަރނޭޝަނަލް ބްރޭކަކަށްފަހު، ރޭގައި ޕެނިޝް ލަލީގާގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗު ނިމެން ދަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ، އަނެއްކާވެސް ކާލޯސް އެސްޕީ ކާމިޔާބުކުރި ލަނޑާއެކު، 2-1 އިން ރެއާލް މެޑްރިޑް ވަނީ އަނެއްކާވެސް އުނދަގޫ މޮޅެއް ހޯދައިފިއެވެ. ބަލިވުމުގެ ބިރާ ކުރިމަތިލާން ޖެހުނު ރެއާލް މި މެޗުން ސަލާމަތްވީ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ.
މެޗުގެ 6 ވަނަ މިނެޓުގައި ޕަބްލޯ ޑުރާން ވަނީ ސެލްޓާ ވީގޯއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކުރަން ކީލިއަން އެމްބާޕޭއަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާއަށް ގޯލުގެ އަމާޒަށް ބޯޅަ ފޮނުވާނުލެވުމުން ފުރަތަމަ ހާފު ނިމުނީ ސެލްޓާ ވީގޯ ކުރީގައި އޮވެގެންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ރެއާލުން ކުރި މަސައްކަތުން، ޖޫޑް ބެލިންހަމް ވަނީ ތިރިތިރިން ފޮނުވާލި ހަމަލާއަކުން ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ބެންޗުން ކުޅެން ނުކުތް އެސްޕީ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

-01.jpg&w=3840&q=75)
