ވިނީ ނެތި މެޑްރިޑުން އުދުހެނީ، ސެވިއްޔާ ބޮޑު ބައްޔަކުން ބަލިކޮށް އެލް ކްލެސިކޯގެ އުއްމީދ އާކޮށްފި
18 އޮކްޓޯބަރު 2026 - 22:26

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން 1-4 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް، ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައިފިއެވެ. ސަސްޕެންޝަނުގެ ސަބަބުން ވިނީޝިއަސް ޖޫނިއާ ނުލައި ކުޅުނު މި މެޗުގައި ރެއާލްގެ ފޯވާޑް ކީލިއަން އެމްބާޕޭ ވަނީ ދެ ލަނޑު ކާމިޔާބުކޮށް މޮޅު ކުޅުމެއް ދައްކައިފައެވެ.
ސެންތިއާގޯ ބެރްނަބެއު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ އާރްދާ ގުލާ އެވެ. އޭގެ ހަތް މިނެޓު ފަހުން ޖޫޑް ބެލިންހަމް ދިން ޕާހަކުން އެމްބާޕޭ ވަނީ ނަތީޖާ 0-2 އަށް ބަދަލުކޮށްފައެވެ. ދެވަނަ ހާފުގައި އެމްބާޕޭ އަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އޭނާ ވަނީ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެމްބާޕޭ ރެއާލާ ގުޅުނު ފަހުން ހޯދި 9 ވަނަ ޕެނަލްޓީއެވެ.
.png&w=750&q=75)
Ad by Hajj Corporation
މެޗުގެ 80 ވަނަ މިނެޓުގައި މަނޫ ބުއެނޯ ސެވިއްޔާއަށް ލަނޑެއް ޖަހައިދިން ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް ރެއާލްގެ ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ވަނީ ހިތްގައިމު ލަނޑެއް ޖަހައި އެ ޓީމަށް ކާމިޔާބީ ކަށަވަރުކޮށްދީފައެވެ.
މި މެޗުގައި ލަނޑެއް ޖަހައި، ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، ޑިއޮމާންޑޭ (19 އަހަރާއި 338 ދުވަސް) ވެފައިވަނީ މި ގަރުނުގައި ލަލީގާގެ އެއް މެޗެއްގައި ރެއާލަށް މި ކާމިޔާބީ ހާސިލުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ ބެލިންހަމް އަތުގައެވެ.
މި މޮޅާއެކު ފަހަކަށް އައިސް ދަށް ކުޅުމެއް ދައްކަމުން އަންނަ ރެއާލް މެޑްރިޑުން ވަނީ އަންނަ ހަފްތާ ބަންދުގައި ބާސެލޯނާއާއި ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދިދާނެކަމުގެ އުއްމީދުއާކޮށްފައެވެ.

-01.jpg&w=3840&q=75)
