ރެއާލް މެޑްރިޑާއި ނާޒީންނާއި އެއްވަރުކޮށް ވާހަކަދެއްކުމުން ލަލީގާގެ ރައީސްއާއި ދެކޮޅަށް ފިޔަވަޅުއަޅަނީ
20 އޮކްޓޯބަރު 2026 - 03:38

ސްޕެއިންގެ ލަ ލީގާގެ ރައީސް ހާވިއޭ ޓެބާސް، ރެއާލް މެޑްރިޑްގެ މީޑިއާ އަދި ކޮމިއުނިކޭޝަން އުސޫލުތައް ނާޒީ ޖަރުމަނުގެ ޕްރޮޕެގެންޑާއާ އަޅާކިޔުމާއި ގުޅިގެން އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ސްޕެއިންގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް (ސީއެސްޑީ) އިން މިހާރު ދަނީ މި މައްސަލަ ބަލައި ދިރާސާކުރަމުންނެވެ.
ސްޕެއިންގެ ބްރޯޑްކާސްޓަރު 'ލާ ސެކްސްޓާ' އިން ހާމަކުރި ގޮތުގައި، މި މައްސަލަ މިހާރު އޮތީ ސީއެސްޑީގެ ގާނޫނީ ޑިޕާޓްމަންޓުގައެވެ. އަދި އެޑްމިނިސްޓްރޭޓިވް ސްޕޯޓްސް ޓްރައިބިއުނަލް (ޓީއޭޑީ) އަށް މި މައްސަލަ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ އެ އިދާރާއިންނެވެ. ޓީއޭޑީން މި މައްސަލަ ކުރިއަށް ގެންދަން ނިންމައިފިނަމަ، ޓެބާސް މަގާމުން ވަކިކުރުން ނުވަތަ ސަސްޕެންޝަނެއް އައުން އެކަށީގެންވެއެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއްވެސް ފިޔަވަޅެއް ކަނޑައަޅާފައެއް ނުވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މައްސަލައިގައި ރެއާލް މެޑްރިޑުން ވަނީ ޓެބާސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްޕެއިން ފުޓުބޯޅައިގެ އިސް މަގާމެއްގައި ހުރި ބޭފުޅަކު ކްލަބާއި އޭގެ ލީޑަޝިޕް އަދި ޓީވީ ޗެނަލް ނާޒީ ވެރިކަމުގެ ޕްރޮޕެގެންޑާއާ އަޅާކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންތިހާއަށް ނުރައްކާތެރި އަމަލެއް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސީއެސްޑީން މި މައްސަލައިގައި ރިއާޔަތްކުރަނީ، 2023 ވަނަ އަހަރު އަންހެނުންގެ ވޯލްޑް ކަޕް ފައިނަލަށް ފަހު ހިންގި އަމަލުތަކާ ގުޅިގެން ސްޕެނިޝް އެފްއޭގެ ކުރީގެ ރައީސް ލުއިސް ރުބިއާލެސް ތިން އަހަރަށް ސަސްޕެންޑް ކުރި ނިންމުމަށެވެ.

-01.jpg&w=3840&q=75)
