އުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފި
28 އޮކްޓޯބަރު 2026 - 03:26

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ހޫލިއަން އަލްވަރޭޒްއާ ގަވާއިދާ ޚިލާފަށް މުއާމަލާތްކުރި މައްސަލައިގައި ވާދަވެރި ބާސެލޯނާ 602 ޔޫރޯ (503 ޕައުންޑް) އިން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ލިޔުމުން އެންގުމެއް ނެތި އާޖެންޓީނާގެ ފޯވާޑާ ބާސެލޯނާއިން ވާހަކަދައްކާފައިވާ ކަމަށް ބުނެ އެތުލެޓިކޯއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
މި މައްސަލަ އެތުލެޓިކޯއިން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވެސް ހުށަހެޅި ނަމަވެސް، ފީފާއިން ނިންމާފައިވަނީ މި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ އިދާރާއަށް ލިބިގެން ނުވާ ކަމަށެވެ. އުމުރުން 26 އަހަރުގެ އަލްވަރޭޒް އެތުލެޓިކޯގައި މަޑުކޮށްފައިވާއިރު، އެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ދެމިއޮންނާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ސީޒަނުގައި ކްލަބުގެ ސަޕޯޓަރުންގެ ފާޑުކިޔުންތަކާއި ނުރުހުން އަލްވަރޭޒްއަށް ތަކުރާރުކޮށް އަމާޒުވި ނަމަވެސް، ހޮނިހިރު ދުވަހު ޑެޕޯޓިވޯ ލަކަރޫނިއާ ކޮޅަށް އޭނާ ޖެހި މޮޅު ލަނޑާއެކު ސަޕޯޓަރުން ވަނީ ތަރުހީބު ދީފައެވެ. މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަވެފައިވާއިރު، މެޗަށްފަހު އަލްވަރޭޒް ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ.
މިދިޔަ ހޫނުމޫސުމުގައި ބާސެލޯނާއަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެ ދިން އިންޓަވިއުއަށް އިޝާރާތްކޮށް އަލްވަރޭޒް ބުނީ އެއީ ހެދުނު ގޯހެއް ކަމަށެވެ. "އެއީ ހެދުނު ގޯހެއް. ސަޕޯޓަރުން ރުޅިގަދަވާ ސަބަބު އަހަންނަށް ވިސްނޭ. އަހަރެން ވެސް ސަޕޯޓަރެއް ނަމަ ރުޅިއަންނާނެ، ޚާއްސަކޮށް އަހަރެން ކްލަބާ ގުޅުނީއްސުރެ ސަޕޯޓަރުން ދިން އެއްބާރުލުމަށް ބަލާއިރު،" އަލްވަރޭޒް ބުންޏެވެ.
އަލްވަރޭޒް މެންޗެސްޓާ ސިޓީ ދޫކޮށް އެތުލެޓިކޯއާ ގުޅުނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހު 81.5 މިލިއަން ޕައުންޑްގެ އަގަކަށް ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސިޓީއަށް ކުޅުނު 103 މެޗުގައި 36 ލަނޑު ޖެހި އަލްވަރޭޒް ވަނީ އެތުލެޓިކޯއަށް މިހާތަނަށް ކުޅުނު 115 މެޗުން 51 ލަނޑު ކާމިޔާބުކޮށްދީފައެވެ.

-01.jpg&w=3840&q=75)
