logo
MPL

MPL

ކުޅިވަރު

ޕްރިންސެސް އޮފް އަސްޓޫރިއަސް އެވޯޑް ވަކިން ހާސިލްކުރި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔަކަށް މެސީ

އަބްދުﷲ ޣާނިމް
24 އޮކްޓޯބަރު 2026 - 14:27
ޕްރިންސެސް އޮފް އަސްޓޫރިއަސް އެވޯޑް ވަކިން ހާސިލްކުރި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔަކަށް މެސީ

ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް އެވޯޑް ފޯ ސްޕޯޓްސް" ވަކިވަކި ކުޅުންތެރިންނަށް ދޭ ބައިން ފުރަތަމަ ފަހަރަށް ހާސިލްކުރި ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ. 2026 ވަނަ އަހަރުގެ މި އެވޯޑު މެސީއާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ އުތުރުގެ ސިޓީއެއް ކަމަށްވާ އޮވިއެޑޯގައި ހުކުރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އިންޓަ މިއާމީއަށް މިހާރު ކުޅެމުން އަންނަ އުމުރުން 39 އަހަރުގެ މެސީއާ މި އެވޯޑު ހަވާލުކޮށްދެއްވީ ސްޕެއިންގެ ވަލީއަހުދު ޕްރިންސެސް ލިއޮނޯރ އެވެ. ކަމްޕޯއަމޯ ތިއޭޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ސްޕެއިންގެ ރަސްގެފާނު ފެލީޕޭ 6 ވަނަ އަދި ރާނީ ލެޓީޒިއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ޖޫން މަހުގެ 3 ވަނަ ދުވަހު މެސީއަށް މި އެވޯޑު ދިނުމަށް ނިންމިކަން އިޢުލާނުކުރީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން އިޖުތިމާޢީ އަދި ޚައިރާތީ މަސައްކަތްތަކާއި، ކުޅިވަރުގެ އަޚުލާޤާއި އެކުވެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ. އެގޮތުން ނިކަމެތި ކުދިންނަށް ތަޢުލީމާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް މެސީ ކުރަމުންދާ މަސައްކަތްތަކާއި، ދަނޑުމަތީގައާއި ދަނޑުން ބޭރުގައި އޭނާ ދައްކުވައިދޭ ޓީމު ރޫޙު ޖޫރީން ޚާއްސަކޮށް ފާހަގަކޮށްފައިވެއެވެ.

މެސީއަކީ ވަކިވަކި ކުޅުންތެރިންގެ ކެޓަގަރީން މި އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާ ނަމަވެސް، މީގެ ކުރިންވެސް ފުޓްބޯޅައިގެ ދާއިރާއިން ބައެއް ފަރާތްތަކަށް މި އެވޯޑު ލިބިފައިވެއެވެ. އެގޮތުން 2012 ވަނަ އަހަރު ސްޕެއިންގެ ކީޕަރު އިކާ ކަސިޔަސް އަދި ބާސެލޯނާގައި މެސީއާއެކު ކުޅުނު ޒަވީ ހެނާންޑޭޒްއަށް ގުޅިގެން މި އެވޯޑު ލިބުނުއިރު، 2002 ވަނަ އަހަރު ފަސްވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ބްރެޒިލްގެ ޤައުމީ ޓީމަށްވެސް މި އެވޯޑު ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރިންސެސް އޮފް އަސްޓޫރިއަސް އެވޯޑް ވަކިން ހާސިލްކުރި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔަކަށް މެސީ ކުޅިވަރު | ގަޑިއިރެއް ކުރިންފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައިކުޅިވަރު | 4 ދުވަސް ކުރިންމެސީގެ އަލްވަދާޢު މެޗުގައި ބޮޑޫ ސްކޭމެއް ޖެއްސިކަމުގެ ތުހުމަތު އިނދިކޮޅު ޓީމުގެ ކޯޗުކޮށްފިކުޅިވަރު | 15 ދުވަސް ކުރިންސަޕޯޓަރުންތައް ރޮއްވާލުމަށްފަހު މެސީ ދެވަނަ ފަހަރަށް ޤައުމީ ޓީމުން ރިޓަޔަރކޮށްފިކުޅިވަރު | 17 ދުވަސް ކުރިން