logo
MPL

MPL

ކުޅިވަރު

ފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައި

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 21:35
ފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައި

ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ 'ބެސްޓް އޮފް އޯލް ޓައިމް' B.O.A.T (ބޯޓް) ހޮވުމަށް ނަގަމުންދާ ރަސްމީ ޕޯލްގައި ވާދަވެރި ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޮޑު ތަފާތަކުން ކުރި ހޯދައިފިއެވެ. މި ވޯޓު ކުރިއަށްދަނީ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ލަންޑަނުގެ ދަ ލަންޑަން ޕެލޭޑިއަމްގައި ބޭއްވުމަށް ކައިރިވެފައިވަނިކޮށެވެ.

ބެލޮންޑިއޯ ރަސްމީކޮށް އިންތިޒާމުކުރާ ފަރާތްތަކުން ފުޓްބޯޅައިގެ 70 އަހަރުގެ ދިގު ތާރީޚު ފާހަގަކުރުމުގެ ގޮތުން ދޭ 'ބެލޮންޑިއޯ އޮފް އޯލް ޓައިމް' ޝަރަފުވެރި އެވޯޑަށް 10 ނޮމިނީން ވަނީ އިއުލާނުކޮށްފައެވެ. މިހާރު ސައޫދީގެ އަލް-ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ މި ޕޯލްގެ އެއްވަނައިގައި އޮތީ ޖުމްލަ ވޯޓުގެ 62% ގެ ބޮޑު އަޣުލަބިއްޔަތަކާ އެކުގައެވެ. އޭނާ އެންމެ ކުރީގައި އޮތީ މެންޗެސްޓާ ޔުނައިޓެޑާއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި 2008 ވަނަ އަހަރުގެ ކާމިޔާބު ސީޒަނަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލިސްޓުގެ ދެވަނައިގައި އާޖެންޓީނާގެ ތަރި އަދި އިންޓަ މިއާމީއަށް ކުޅޭ ލިއޮނަލް މެސީ އޮތް ނަމަވެސް، އޭނާއަށް ލިބިފައިވަނީ ނިސްބަތުން ވަރަށް ކުޑަ ވޯޓު އިންސައްތައެކެވެ. އެއް އަހަރެއްގެ ތެރޭގައި 91 ލަނޑު ޖަހައިގެން ތާރީޚީ ރެކޯޑެއް ހެދި މެސީގެ 2012 ވަނަ އަހަރުގެ ސީޒަނަށް ލިބިފައިވަނީ 13% ވޯޓެވެ. މީގެއިތުރުން، އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މެސީގެ 2023 ވަނަ އަހަރުގެ ސީޒަން ތިންވަނައިގައި އޮތީ 9% ވޯޓާއެކުގައެވެ.

މި ދެ ކުޅުންތެރިންގެ ދެމެދުގައި ވޯޓުގެ ނަތީޖާއިން ފެންނަން އޮތް ބޮޑު ފަރަގަކީ މިވަގުތު ދުނިޔޭގެ ކުޅިވަރު މީޑިއާތަކުގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ މައިގަނޑު މައުޟޫއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައިކުޅިވަރު | ގަޑިއިރެއް ކުރިންބޮޑާހޭކުމުން ރޮނާލްޑޯ ސަސްޕެންޑްކޮށް ފެންމެޓަޔަކުން ޖޫރިމަނާކޮށްފިކުޅިވަރު | 20 ގަޑިއިރު ކުރިންބޮޑާ ހޭކި މައްސަލައިގައި ރޮނާލްޑޯ 6 މަސްދުވަހަށް ސަސްޕެންޑްކުރަނީކުޅިވަރު | 11 ދުވަސް ކުރިންރޮނާލްޑޯ 980 ގޯލު ހަމަކޮށް 1000 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމާއި ގާތަށްކުޅިވަރު | 11 ދުވަސް ކުރިން