ރޮނާލްޑޯ 980 ގޯލު ހަމަކޮށް 1000 ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމާއި ގާތަށް
9 އޮކްޓޯބަރު 2026 - 20:59

ސައުދީ ޕްރޯ ލީގުގައި ހުކުރު ދުވަހު އަލް-ދިރިޢިއްޔާއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން އަލް-ނަޞްރުން ކާމިޔާބުކުރި އިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ 980 ވަނަ ލަނޑު ކާމިޔާބުކޮށްފިއެވެ. މި ލަނޑާއެކު އޭނާ ވަނީ ތާރީޚީ 1،000 ލަނޑުގެ ލަނޑުދަނޑިއާ 20 ލަނޑާ ގާތަށް ޖެހިލާފައެވެ.
މެޗުގެ 23 ވަނަ މިނެޓުގައި އަލް-ނަޞްރަށް ލީޑު ނަގައިދިނީ ރޮނާލްޑޯއެވެ. މި ލަނޑަކީ ކިންގްސްލީ ކޯމަން ފޮނުވާލި ހަމަލާއެއް ދިރިޢިއްޔާގެ ގޯލްކީޕަރު ދިފާއުކުރުމުން، ރީބައުންސްވި ބޯޅަ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު އަލުން ކްލަބް މެޗުތަކަށް ނުކުމެ ރޮނާލްޑޯ މި ލަނޑު ޖަހާފައިވާއިރު، އަލް-ނަޞްރުން ވަނީ އިތުރު ދެ ލަނޑު ޖަހައި ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މޮޅާއެކު ލީގު ތާވަލުގައި އަލް-ނަޞްރު އޮތް މަގާމު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި ސްޕޯޓިން ސީޕީ، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި އަލް-ނަޞްރަށް ގިނަ އަދަދެއްގެ ލަނޑުތައް ޖަހައިދީފައިވާއިރު، ރަސްމީ މެޗުތަކުގައި 1،000 ލަނޑު ހަމަކުރާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށް އޭނާ އަދިވެސް ދަނީ މަސައްކަތްކުރަމުންނެވެ.

-01.jpg&w=3840&q=75)
