ބޮޑާ ހޭކި މައްސަލައިގައި ރޮނާލްޑޯ 6 މަސްދުވަހަށް ސަސްޕެންޑްކުރަނީ
9 އޮކްޓޯބަރު 2026 - 21:02

ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް ކުއްލި ގޮތަކަށް ދޫކޮށް ދިއުމާ ގުޅިގެން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފިއެވެ. އުމުރުން 41 އަހަރުގެ ފޯވާޑާމެދު ފިޔަވަޅު އަޅަން ނިންމާފައި މިވަނީ، އޭނާއާ މެދު ގޮތެއް ނިންމުމަށް ކުރިއަށްދާ ޑިސިޕްލިނަރީ މައްސަލައިގެ ތެރޭގައެވެ. މި މައްސަލައިގައި އޭނާއަށް މަސްތަކެއްގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.
މި މައްސަލަ ހޫނުވާން ފެށީ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި، ދެވަނަ ހާފުގެ ބޮޑުބައިގައި ރޮނާލްޑޯ ވޯމްއަޕް ކުރި ނަމަވެސް، އޭނާ ކުޅެން ނާރުވައި ބެންޗުގައި ބޭންދުމުން އެކަމާްއި ބޮޑާހާކައި، އޭގެ ފަހުން ޓީމު ދޫކޮށް ދިޔުމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކޯޗު ޖޯޖް ޖީސަސް އޭނާއަށް ކުޅުމުގެ ފުރުސަތު ދިނުމާއި، އެކަމާ ގުޅޭގޮތުން މީޑިއާގައި ވާހަކަދެއްކުމާމެދު ވެފައިވާ އެއްބަސްވުމާ ހިލާފުވި ކަމަށް ރޮނާލްޑޯއަށް ގަބޫލުކުރެވުމުން ދެބަސްވުންތައް އުފެދުނެވެ. އޭގެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ރޮނާލްޑޯ ވަނީ ކޭމްޕް ދޫކޮށް ގޮސްފައެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ބަޔާނެއް މެދުވެރިކޮށް އެކަމަށް މައާފަށް އެދި، އެކަމުގެ ޒިންމާ ނަގާފައެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މި މައްސަލަ ބަލަމުންދަނީ އެ އިދާރާގެ ޑިސިޕްލިނަރީ ގަވާއިދުތަކުގެ ދަށުންނެވެ. ޕޯޗުގަލްގެ އެފްއޭގެ ޤަވާއިދުގެ ދަށުން މި މައްސަލައިގައި ރޮނާލްޑޯއަށް ޤައުމީ ޓީމުން އެއް މަހާއި ހަ މަހާ ދެމެދުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް އައުމުގެ ފުރުސަތު އެބައޮތެވެ. އެއް މަހުގެ ސަސްޕެންޝަނެއް އަތުވެއްޖެނަމަ ނޮވެމްބަރު މަހު އަލުން ޓީމާ ގުޅުމުގެ ފުރުސަތު އޮތް ނަމަވެސް، ދިގު މުއްދަތެއްގެ އަދަބެއް އަތުވެއްޖެނަމަ 2027 ވަނަ އަހަރުގެ މާޗް މަހު އޮންނަ ކުއާޓާ ފައިނަލް މެޗުތައް ގެއްލުމުގެ ބިރު އެބައޮތެވެ.
މި މައްސަލަ މިހާ ހިސާބަށް ގޮސްފައިވީ ނަމަވެސް، ރޮނާލްޑޯ އަދި ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.

-01.jpg&w=3840&q=75)
