logo
ސިނަމާލެ ބުރިޖުގައި ޕިކަޕެއްގެ ދަށުވެ މީހަކު މަރުވެއްޖެBank of Maldives

Bank of Maldives

ދުނިޔެ

ގާޒާގެ 43،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވެފައި: ޑަބްލިޔުއެޗްއޯ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 މޭ 2026 - 18:53
ގާޒާގެ 43،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވެފައި: ޑަބްލިޔުއެޗްއޯ

އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ޒަޚަމްވި 172،000 މީހުންގެ ތެރެއިން 43،000 އަށްވުރެ ގިނަ މީހުންނަށް، މުޅި އުމުރަށް އޭގެ އަސަރު ދެމިގެންދާނެ ފަދަ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކޮށްފިއެވެ.

ޖެނީވާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔު.އެޗް.އޯގެ މަންދޫބު ރެއިންހިލްޑް ވެން ޑި ވެއާޓް އަންގާރަ ދުވަހު ވިދާޅުވީ، މި އަނިޔާތަކުގެ ސަބަބުން ގާޒާގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ދިގުމުއްދަތުގެ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީހުންގެ ތެރޭގައި 10،000 އެއްހާ ކުޑަކުދިން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑަބްލިޔު.އެޗް.އޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު 2025 ގެ ފަހުން އެކަނިވެސް އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވި 5،000 މީހުން ރިކޯޑުކުރެވިފައިވެއެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް މި އަނިޔާތައް ލިބިފައިވަނީ އޮކްޓޫބަރު 2025 ގައި ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކުރި ފަހުންނެވެ.

ލިބިފައިވާ އަނިޔާތަކުގެ ތަފްސީލަށް ބަލާއިރު، 22،000 އަށްވުރެ ގިނަ މީހުންނަށް އަތްފައިގެ ބޮޑެތި އަނިޔާ ލިބިފައިވާއިރު، 5،000 މީހުންގެ ގުނަވަންތައް ވަނީ ބުރިކޮށްލަން ޖެހިފައެވެ. މީގެ އިތުރުން 3،400 އަށްވުރެ ގިނަ މީހުން ބޮޑެތި ސަރަހައްދުތަކުން ފިހިފައިވާއިރު، 2،000 އަށްވުރެ ގިނަ މީހުންގެ ބުރަބަދަޔަށް އަދި 1،300 އަށްވުރެ ގިނަ މީހުންގެ ސިކުނޑިއަށް ބޮޑެތި އަނިޔާ ލިބިފައިވާކަން ޑަބްލިޔު.އެޗް.އޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވެން ޑި ވެއާޓް ވިދާޅުވީ 50،000 އަށްވުރެ ގިނަ މީހުންނަށް މިހާރުވެސް ދިގުމުއްދަތުގެ ރިހެބިލިޓޭޝަން ފަރުވާ ބޭނުންވާ ކަމަށެވެ. ނަމަވެސް، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ ސިއްހީ ނިޒާމު ސުންނާފަތިވެފައިވާއިރު، އެއްވެސް ރިހެބިލިޓޭޝަން މަރުކަޒެއް ފުރިހަމައަށް މަސައްކަތެއް ނުކުރެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ރިހެބިލިޓޭޝަން ސާމާނެއް ގާޒާއަށް އެތެރެކުރުމަށް އިސްރާއީލުން ހުއްދަ ދީފައި ނުވާއިރު، ވީލްޗެއާ އާއި އާޓިފިޝަލް ގުނަވަންތައް ހިމެނޭ 18 ޝިޕްމަންޓެއް ވަނީ ހިފެހެއްޓިފައެވެ.

މީގެ ސަބަބުން، އާޓިފިޝަލް ގުނަވަން ބޭނުންވާ 2،300 މީހުންގެ ތެރެއިން މިހާތަނަށް އެ އެހީތެރިކަން ލިބިފައިވަނީ އެންމެ 500 މީހުންނަށެވެ. އަދި ހޮސްޕިޓަލްތަކުގެ އެނދުތައް މަދުވުމުގެ ސަބަބުން، ޚާއްސަ ފަރުވާ ބޭނުންވާ 400 އަށްވުރެ ގިނަ ބަލިމީހުން މަގުމަތިވެ، ދާއިމީ ނުކުޅެދުންތެރިކަމެއްގެ ބިރު ބޮޑުވެފައިވާކަމަށް ޑަބްލިޔު.އެޗް.އޯ އިން އިންޒާރު ދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާޒާގެ 43،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އުމުރުދުވަހުގެ ނުކުޅެދުންތެރިކަން ކުރިމަތިވެފައި: ޑަބްލިޔުއެޗްއޯ ދުނިޔެ | 2 ދުވަސް ކުރިންފަލަސްތީނުގެ މައެއްގެ ދެ ދަރިން ޝަހީދުކޮށްލުމުން ކުރި އަސަރުގަދަ ވަދާއީ ސަލާމް، '' އޭ ދުނިޔެއާ، އެ ކުދިން ކުރީ ކޮން ކުށެއް؟''ދުނިޔެ | 21 ދުވަސް ކުރިންފީފާ ކޮންފަރެންސްގައި ބައިވެރިވާ ފަލަސްޠީނުގެ ޑެލިގޭޓުންނަށް ވިސާދޭން ޑެންމާކުން ދެކޮޅުހަދައިފިކުޅިވަރު | މަހެއް ކުރިންއޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓްދުނިޔެ | މަހެއް ކުރިން