logo
Bank of Maldives

Bank of Maldives

ޚަބަރު

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފި

މުޙައްމަދު އަފްރާޙް
8 ޖެނުއަރީ 2026 - 06:22
ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފި

ރާއްޖެއަށް މިހާރު ޒިޔާރަތްކޮށްގެން އުޅޭ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލު އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ދަޢުވަތަކަށް ރާއްޖެއައި މި ވަފުދުގެ ބޭފުޅުން ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައިވަނީ އިއްޔެއެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ފްލޮޓީލާގެ ވަފުދަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ގެނައުމަށް އެ ހަރަކާތުން ކުރަމުން ދަނީ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޖިލިސް ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި އިންސާފާއި، އިންސާނީ ކަރާމާތް ނެގެހެއްޓުމުގައި ގްލޯބަލް ސުމޫދު ފްލޮޓީލާއިން ކުރަމުންދާ މަސައްކަތްތަކަށް މަޖިލިސް ރައީސް ތަޢުރީފު ކުރައްވާ ހިތްވަރު ދެއްވިއެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި، ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު ސާބިތުކަމާއެކުގައިކަން ތަކުރާރުކުރެއްވިއެވެ.

ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުނުކެނޑި ފަލަސްތީނުގެ ހައްޤުގައި ވަކާލާތު ކުރައްވާކަން ވެސް މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ވަގުތުން ތަޞްދީޤް ކުރެއްވި ކަމަށާއި، މިއީ ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި އެޅި ނުހަނު މަތިވެރި ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު ރާއްޖެއަށް އައީ މި މަހުގެ ހަވަނަ ދުވަހުއެވެ. މި ވަފުދުގައި ހިމެނެނީ ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޯޕޯލޯއެވެ. މިއީ، މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ އިސް ފަރާތްތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ވަފުދު، ފޮރިން މިނިސްޓަރާއި މަޖިލިސް ރައީސް އާ ބައްދަލުކޮށްފިޚަބަރު | ދުވަހެއް ކުރިންއެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | 3 ދުވަސް ކުރިންޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް އިސްލާހު ބަލާގަނެ ކޮމިޓިއަށް!ޚަބަރު | 4 ދުވަސް ކުރިންޖުވާ ކުޅުމުން ޖަލު ހުކުމް އަންނަ ގޮތް ހަދަނީޚަބަރު | 4 ދުވަސް ކުރިން