logo
Bank of Maldives

Bank of Maldives

ދުނިޔެ

ނަމަކަށް ހަދާފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މަޝްވަރާތައް ފަށަނީ

ޒިދާން މުޙައްމަދު
19 ޑިސެމްބަރު 2025 - 16:35
ޒަޔަނިސްޓުން ވަނީ ޣާޒާ މުޅިންހެން ބިމާ ހަމަކޮށްފައި
ޒަޔަނިސްޓުން ވަނީ ޣާޒާ މުޅިންހެން ބިމާ ހަމަކޮށްފައި

އިސްރާއީލުން ޢަމަލުނުކުރާތީ ނަމަކަށް ހަދާފައިވާ ސުލްހައިގެ އެއްބަސްވުމެއްގެ ގޮތުގައި އޮތް އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މަޝްވަރާތައް ފަށަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މެދުވެރިން، މިފަހަރު މަޝްވަރާ ކުރާނެ ކަމަށް ބެލެވެނީ އެމެރިކާގެ މިއާމީގައެވެ. މި އެއްބަސްވުމުގެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ގަތަރުގެ ވެރިރަށް ދޯހާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމަޝްވަރާތަކުގައި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ގަތަރު، މިސްރު، ތުރުކީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދާނެކަމުގެ އިޝާރާތެއް ވެފައިވީ ނަމަވެސް އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ހިލާފުވެ، ނުރައްކާތެރި ހަމަލާތައް ދީ، އިންސާނީ އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންނެވެ.

ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ އުދުވާނީ ޙަމަލާތަކާ ގުޅިގެން އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނިއެޅެމުންދާ ކަމުގައި ވިދާޅުވެ، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ވަނީ އިންޒާރު ކުރައްވައިފައެވެ.

އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 10 ދުވަހުއެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ޤަޠަރުން ވަނީ އެމެރިކާއާ ގުޅި، މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.

ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 394ށް އުފުލިފައިވާއިރު، އިތުރު 1,075ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،669 މީހުން ޝަހީދުވެ، 171،165 މީހުން ޒަޚަމްވެފައިވާ ކަމަށް ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމަކަށް ހަދާފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މަޝްވަރާތައް ފަށަނީދުނިޔެ | 2 ގަޑިއިރު ކުރިންހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ހުށަހެޅުމުން އައިސީސީން ދެކޮޅުހަދައިފިދުނިޔެ | 3 ދުވަސް ކުރިންއިސްރާއީލުން ސުލްހައިގެ އެއްބަސްވުމަކަށް އަމަލެއްނުކުރޭ، ޣައްޒާ އޮތީ ހައްސާސް ހާލަތެއްގައި: ޤަތަރުދުނިޔެ | 13 ދުވަސް ކުރިންފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފިދުނިޔެ | 14 ދުވަސް ކުރިން