logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފި

ޒިދާން މުޙައްމަދު
5 ޑިސެމްބަރު 2025 - 10:24
ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފި

ހަރުކަށި ޔަހޫދީ އިސްރާއީލޭ ކިޔުނު ޣައިރު ޤާނޫނީ ދައުލަތުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،125 މީހުން ޝަހީދުވެ، 171،015 މީހުން ޒަޚަމްވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްތީނުގެ ޣައްޒާގެ ވެރިކަންކުރާ މުޖާހިދުންގެ ޖަމާއަތެއްކަމަށްވާ ހަމާސްއާއި އިސްރާއީލުގެ ޣައިރު ޤާނޫނީ ދައުލަތާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހަދާފައިވާތާ ފުރަތަމަ 50 ދުވަސް ފާއިތުވީއިރުވެސް އިސްރާއީލުން އަންނަނީ އެއްބަސްވުމާ ޚިލާފު އެތައް ކަމެއް ކުރަމުންނެވެ. މިގޮތުން ހިންގި ޖަރީމާތަކުގައި 375 މީހުން ޝަހީދުކޮށް، އެތައް އިމާރާތެއް ބިމާ ހަމަކޮށް، އެތައް ބަޔަކު މަގުމަތިކޮށް ހާލުގައި ޖައްސާފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓޭ ކަމަށާއި މިއަދު އެކަނިވެސް ގިނަ އަދަދެއްގެ އާންމު ގެތަކަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުގެ ޓެރަރިސްޓުން ދަނީ ޣައްޒާގެ އިރުމަތީ ސަރަހައްދުތަކުގައި ހުރި ގެތައް ތަޅާލައި ހަލާކުކޮށްލަމުންނެވެ. މީގެ އިތުރުން ޣައްޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕުގެ އިރުމަތީ ފަރާތުގައި އިސްރާއީލުގެ ޓެރަރިސްޓުން ދިން ނިރުބަވެރި ބަޑީގެ ހަމަލާތަކެއްގައި ވަނީ މީހަކު ޝަހީދުވެފައެވެ.

ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގެ ވެރިރަށް ހެބްރޮންގައި އިސްރާއީލުގެ ޓެރަރިސްޓަކު ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކު ވަނީ ޝަހީދުވެފައެވެ. އިސްރާއީލު ޓެރަރިސްޓުން ވަނީ ހުޅަނގު އައްސޭރީގެ ހެބްރޮންގެ ތިން ހޮސްޕިޓަލެއްގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެސް ވަދެ ހަމަލާދީފައެވެ.

އިސްރާއީލުން ޣައްޒާއަށް މިހާރު ހަމަލާތައް ދެމުންދަނީ، އެއްގަމުމަގުން ބޮޑުބަޑީގެ ހަމަލާތައް ދީގެންނާއި ހެލިކޮޕްޓަރުން ބަޑި ޖަހައިގެންނާއި ވައިގެމަގުން ބޮން އަޅައިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅައިފިދުނިޔެ | ގަޑިއިރެއް ކުރިންފަތިސް ނަމާދު ވަގުތާ ދިމާކޮށް ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއީލުން ބޮޑެތި ހަމަލާތަކެއް ދީފިދުނިޔެ | 12 ދުވަސް ކުރިންފަލަސްޠީނަށް އޮތް ލޯބި ސްޕެއިނުން ދައްކާލައި މުޅި ދަނޑު ފުރާލައިފިކުޅިވަރު | 18 ދުވަސް ކުރިންހަތިޔާރު ނެތް، އާންމުންނަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ބިރުދެއްކުން ބަލައިނުގަނަވޭނެ: ރައީސްޚަބަރު | 2 މަސް ކުރިން