logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފި

އާމިނަތު ޝަފާ
3 ސެޕްޓެމްބަރު 2025 - 18:17
ފޮޓޯ: އިމާރަތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
ފޮޓޯ: އިމާރަތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.7 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ހޭދަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2025 ވަނަ އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 4 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 124.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު ޕީ.އެސް.އައި.ޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ވަނީ ކުޑަކުރެވިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 7 ގަޑިއިރު ކުރިންދައުލަތުގެ ޚަރަދުތައް 15.3 އިންސައްތަ ދަށްކޮށް، 186.7 މިލިއަން ރުފިޔާގެ ސަރޕްލަސް އެއްގައިޚަބަރު | 8 ދުވަސް ކުރިންސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރައިފި ޚަބަރު | މަހެއް ކުރިންދައުލަތުގެ އާމްދަނީ 6.3 އިންސައްތަ އިތުރުވެ، 27.4 ބިލިއަން ރުފިޔާއަށް އަރައިފިޚަބަރު | މަހެއް ކުރިން