logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ

އާމިނަތު ޝަފާ
30 އޮކްޓޯބަރު 2025 - 11:10
ދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އަދި ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 އިންސައްތަ އިތުރު މިންވަރެކެވެ. އަންނަ އަހަރުގެ ޚަރަދު އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއްކުރަނީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެންނަން ރާވައިފައިވާ ބަދަލާއި ގުޅިގެން އިތުރުވާ މުސާރަ އާއި އުޖޫރައިގެ ޚަރަދަށެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. މާލީ ވަޒީރު ވިދާލުވީ ބްލޮކް ގްރާންޓް ހަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން، ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ވާނީ ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައެވެ. މި ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާއިރު މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށްޓަކައި އެކުލަވާލެވޭ ނިޒާމެއްކަމަށާ، މި ނިޒާމުގެ ދަށުން، ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޭ މިންވަރު އަންނަ އަހަރު އިތުރުވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އަންނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމަވާފައިވާ ބަދަލާއެކު، އަތޮޅުކައުންސިލްތައް އުވިގެން ދިޔުމާއެކު ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އިންސައްތަ އިތުރުވާނެކަމަށް ރައީސް ވަނީ ވިދާލުވެފައެވެ. މީގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ކައުންސިލްތަކަށް ލިބޭ ބަޖެޓަކީ، ރަށުގެ އާބާދީގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑު މިނަށް ބަލައިގެން ދޫކުރާ ގްރާންޓަކަށް ހެދުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޖެޓު 2026: ކުޅިވަރަށް 623 މިލިއަން ރުފިޔާޚަބަރު | 7 ގަޑިއިރު ކުރިންދައުލަތުގެ ބަޖެޓް: ކައުންސިލް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާ ޚަބަރު | 10 ގަޑިއިރު ކުރިން2026 ވަނަ އަހަރު އިގުތިޞާދީ ދުވެލި 5.3 އިންސައްތައިގައި ކުރިއަރާނެޚަބަރު | 10 ގަޑިއިރު ކުރިންދައުލަތުގެ ބަޖެޓް: ދަރަނި ދެއްކުމަށް ސޮވްރިން ފަންޑުން 4.2 ބިލިއަން ރުފިޔާ ބޭނުންކުރާނެޚަބަރު | 11 ގަޑިއިރު ކުރިން