logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާނެ

ޢައްފާން މުޙައްމަދު
6 ސެޕްޓެމްބަރު 2025 - 07:32
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާނެ

އާދިއްތަ ދުވަހުގެ ރޭ ހިފާ ހަނދުކޭތައާ ގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަނަމާދުކުރަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 07 ދެޕްޓެމްބަރު ވާ އާދިއްތަ ދުވަހުގެރޭ 11:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ. އަދި ކޭތަނަމާދުގެ ޚުޠުބާ، ވުޒާރާގެ ވެބްސައިޓުގައި އާންމުކުރާނެކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާދިއްތަ ދުވަހުގރޭ ހިފާ ހަނދުކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން އެރޭ 08:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭ 11:11 ގައެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން އެރޭ މެންދަމުން އަލިވެ 01:55 ގައެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނދުކޭތަ ހިފާއިރު، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ބޮޑު ސަރަހައްދަކަށް 'ބްލަޑް މޫން'އެއް ފެންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.

ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވިދާޅުވި ގޮތުގައި، އަންނަ އާދިއްތައިގައި ހިފާ ހަނދުކޭތަ އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 22 ދުވަސް ކުރިންޢީދު ނަމާދު މާލޭގެ 4 ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް ނިންމައިފިޚަބަރު | 4 މަސް ކުރިންއިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފިޚަބަރު | 6 މަސް ކުރިންފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްޚަބަރު | 6 މަސް ކުރިން