logo
ޚަބަރު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރާނެ

އާމިނަތު ޝަފާ
7 ސެޕްޓެމްބަރު 2025 - 11:19
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރާނެ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ 11:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ. އަދި ކޭތަނަމާދުގެ ޚުޠުބާ، ވުޒާރާގެ ވެބްސައިޓުގައި އާންމުކުރާނެކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިރޭ ހިފާ ހަނދުކޭތަ ހިފަންފަށާނީ ރާއްޖެ ގަޑިން މިރޭ 08:28 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ 11:11 ގައެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މިރޭ މެންދަމުން އަލިވެ 01:55 ގައެވެ.

މިރޭރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނދުކޭތަ ހިފާއިރު، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ބޮޑު ސަރަހައްދަކަށް 'ބްލަޑް މޫން'އެއް ފެންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރާނެޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާނެޚަބަރު | 2 ދުވަސް ކުރިންޒަކާތާގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީޚަބަރު | 19 ދުވަސް ކުރިން7 އަހަރަށްފަހު، ޒަކާތު ފަންޑުން 24 ފަރާތަކަށް މަތީ ތަޢުލީމުގެ ސްކޮލަަރޝިޕްޚަބަރު | 22 ދުވަސް ކުރިން