logo
Bank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރު ، މާދަމާ ތަޅުދަނޑި ހަވާލުކުރަން ފަށަނީ

އާމިނަތު ޝަފާ
10 ސެޕްޓެމްބަރު 2025 - 05:51
ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ  14 ވަނަ ޓަވަރު ، މާދަމާ ތަޅުދަނޑި ހަވާލުކުރަން ފަށަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެންމެ ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުކަމަށާއި ފްލެޓް ލިބުނު މީހުންނަށް މާދަމާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން- އެފްޑީސީން ބުނެފިއެވެ.

މެންދުރަށް މައުލޫމާތުދެމުން އެ ކޯޕަރޭޝަނުން ހައުސިން ޔުނިޓް ހަވާލުކުރުމަށް ހަމަޖެހިފަވަނީ ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށާއި އެގޮތުން ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުކަމަށެވެ. އެ ކޯޕަރޭޝަނުން ބުނީ ޓަވަރުތައް ހަވާލުކުރާއުރު ޓަވަރުތަކުގައި ފިނިޝިންގ ގެ މަސައްކަތް ނިމި، ފެން، ކަނަރަންޓު އަދި ނަރުދަމާގެ ނިޒާމުވެސް ނިމިފައިވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްޤީކުރި 4000 ހައުސިންގ ޔުނިޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމިފައިހުރި ޓަވަރުތަކަށް އިސްކަންދީގެންނެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދު، ޕޯޓަލްގެ "ފައިނޭންސް" ޕޭޖުން ފެންނާނެއެވެ. ފްލެޓްތަކަށް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ބޭންކު ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭއިރު ފައިސާ ދެއްކުމަށްފަހު ފައިސާ ދެއްކި ކަމުގެ ރަސީދު ވަގުތުން ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެެއެވެ.


އެފްޑީސީން ބުނީ އެކޯޕަރޭޝަނުން މަސައްކަތްކުރަމުންދަނީ މާދަމާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު 3088 އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ވަނީ ތާވަލުކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މީގެ ތެރެއިން 3032 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރުގައި އެމްއެންޔޫގެ ކެމްޕަހެއް އަޅަން ހަވާލުކޮށްފިޚަބަރު | 8 ދުވަސް ކުރިންފްލެޓް ކުއްޔަށްދޭ މީހުންގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލެވޭނެ: ޝަކީލްޚަބަރު | 24 ދުވަސް ކުރިންގެދޮރުވެރިޔާ މަޝްރޫޢު: އެފްޑީސީން 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވޭޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާ ޓަވަރުތަކުގައި ކޮމާޝަލް ހިދުމަތް ގާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެންޚަބަރު | 2 މަސް ކުރިން