ފެންބިލްގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ
9 ޑިސެމްބަރު 2025 - 16:09

ފެން ބިލްތަކުގައި މައްސަލަ އުޅޭ ކަމަށް ފެންނަ ނަމަ، ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއަށް އެ މައްސަލަ ރިޕޯޓުކުރުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.
އެ ކޯޕަރޭޝަނުން މިކަމަށް އެދިފައި މިވަނީ އަމާން އުދަރެސް ޔުނިޓުތަކުގެ ފެން ބިލުގެ މައްސަލަތަކެއް ފާހަގަވެގެން އެތަންތަނުގައި ދިރިއުޅޭ މީހުން ޝަކުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation
އެފްޑީސީއިން ބުނީ، ހުޅުމާލޭ 2 ގައި ހުންނަ އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމުގެ ސަބަބު ދެނެގަނެ، ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިހާރު ކުރަމުން އަންނަ ކަމަށެވެ.
ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ގޮތުގައި، އަމާން އުދަރެސްގެ ބައެއް އެޕާޓްމަންޓުތަކުގެ ފެން ބިލު 7،000 ރުފިޔާއަށްވުރެ ބޮޑު ކަމަށް ދައްކައެވެ.
އެފްޑީސީން ބުނީ ފެން ބިލުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ފަރާތްތަކުން، އެކުންފުނީގެ ޓެނަންޓް ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.
އަމާން އުދަރެސްގެ ބައެއް ޔުނިޓުތަކުގައި މީހުން ދިރިއުޅެމުންދަނީ މިދިޔަ ނޮވެމްބަރުމަހުން ފެށިގެންނެވެ.


