logo
MPL

MPL

ޚަބަރު

ފްލެޓުތަކުގެ ޖަންކްޝަންތައް ބްލޮކްވަނީ ކުނި އަޅާތީ: އެފްޑީސީ

ޒިދާން މުޙައްމަދު
19 މާރިޗު 2026 - 11:51
ފްލެޓުތަކުގެ ޖަންކްޝަންތައް ބްލޮކްވަނީ ކުނި އަޅާތީ: އެފްޑީސީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ހުޅުމާލެ ފޭސް ދޭއްގެ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެސްގައި ޖަންކްޝަންތަކުން ނަޖިސް ލީކުވާ މައްސަލައަކީ، ފާޚާނާ ތެރެއަށް ނެޕީއާއި ކޮންކްރީޓް ކުނޑި ފަދަ ތަކެތި އެޅުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ފްލެޓުތަކުގެ 11، 12، 15 އަދި 16 ވަނަ ޓަވަރުގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވެ، މަގުމައްޗަށް ފެތުރިފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފާއިތުވި ހަތަރު ހަފުތާގެ ތެރޭގައި އެކަނިވެސް ތިން ފަހަރަށް އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. ޖަންކްޝަންތައް ބްލޮކްވާން މެދުވެރިވަނީ އާންމުކޮށް ފާޚާނާއަށް އުކާލަން ނުޖެހޭ ތަކެތި ކަމަށްވާ ޕެޑާއި، ނެޕީ އަދި އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކޮންކްރީޓް ކުނޑި ފަދަ ތަކެތި އެޅުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވި ގޮތުގައި، އެންމެ ފަހުން ޖަންކްޝަން ސާފުކުރިއިރު އެތަނުން އެކަނިވެސް 28 ނެޕީ ނަގާފައިވެއެވެ. މީގެ އިތުރުން، ފްލެޓުތައް ހަވާލުކުރިއިރު އޭސީ ޕްރޮވިޝަންތައް ބަންދުކުރަން ބޭނުންކޮށްފައިވާ ޕީޔޫ ފޯމުތައް ވެސް، ބައެއް ފަރާތްތަކުން އުކާލުމުގެ ބަދަލުގައި ފާޚާނާއަށް ފްލަޝްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ހޮޅިތައް ބެދުމަށް މެދުވެރިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި އެފްޑީސީން ދެކެއެވެ.

މި 4,000 ފްލެޓަށް މީހުން ދިރިއުޅުން ބަދަލުކުރިތާ އަދި ދެ މަސްވެސް ނުވެ އެވެ. ނަމަވެސް، ފްލެޓުތަކަށް ބަދަލުވުމުގެ ތެރޭގައި އުފެދޭ ކުނިތައް ޓަވަރުތަކުގެ ތިރީގެ އެކި ތަންތަނަށް އުކާލުމުގެ މައްސަލަ ވެސް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސާފުތާހިރުކަން ގެއްލި، އާންމު ސިއްހަތަށް ނުރައްކާވެދާނެތީ އެފްޑީސީން ވަނީ ކުނި އުކާލުމުގައި ޒިންމާދާރުވުމަށް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުލި ނުދައްކާ ދެ ފްލެޓް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން މީހުން ގުޅަން ފަށައިފި: އެފްޑީސީޚަބަރު | 18 ދުވަސް ކުރިންފަހި ދިރިއުޅުން ކޯޕަރޭޝަން ފްލެޓްތަކުގެ ބެލްކަނި އަންނަ މަހު 28 ގެ ކުރިން ރަނގަޅު ކުރަން އަންގައިފިޚަބަރު | މަހެއް ކުރިންފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 2 މަސް ކުރިންއެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 5 މަސް ކުރިން