logo
Bank of Maldives

Bank of Maldives

ޚަބަރު

ފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފި

އައިޝަތު ނަޝާ
7 ސެޕްޓެމްބަރު 2026 - 08:32
ފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފި

ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް ދެ މީހަކަށް ލިޔުމުން އިންޒާރުދީފިއެވެ.

އެފްޑީސީއިން ވަނީ މިއަދުގެ ނިޔަލަށް ފަހި ފްލެޓްތަކުގެ ޔުނިޓްތަކަށް ދޫކޮށްފައިވާ ޖޫރިމަނާ އަދި އިންޒާރުގެ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން ހުއްދަނެތި ބަދަލުގެނައުމުގެ 27 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 25 މައްސަލަ ބަލަމުންދާއިރު އެކަކު ޖޫރިމަނާކޮށް ދެ މީހަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށް އެފްޑީސީއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ހުއްދަނެތި ކުއްޔަށް ދިނުމުގެ 11 މައްސަލައެއް ހުށަހަޅާފައިވާއިރު އަށް މައްސަލައެއް ބަލަމުންދާ ކަމަށާއި އަދި، އެކަކު ޖޫރިމަނާކޮށް ދެ މީހަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

 

View post on Twitter

 

އެފްޑީސީއިން ބުނީ ކުނި އެޅުމުގެ ގަވައިދާ ހިލާފުވުމުގެ ތިން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް މައްސަލަ ބަލަމުންދާ ކަމަށާއި ދެ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މަހުން މަހަށް ގަވައިދުން 3405 ޔުނިޓުން ކުލި ނުދައްކާ ކަމަށާއި، އަދި 509 ޔުނިޓްގެ ކުލި ޕެންޑިންގައި ހުރިކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

އެ ކޯޕަރޭޝަންގެ ހައުސިން ޔުނިޓުތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކުރެވިފައިވާ ތަންތަނަށް ވީހިނދު، ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމުގައި އެފްޑީސީން ދަނީ ތަކުރާރަުކޮށް އާންމުންނަށް ހަނދާންކޮށްދެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 3 މަސް ކުރިންފްލެޓުތަކުގެ ޖަންކްޝަންތައް ބްލޮކްވަނީ ކުނި އަޅާތީ: އެފްޑީސީޚަބަރު | 6 މަސް ކުރިން ސޯޝަލް ހައުސިންގް ފްލެޓްތައް ކުއްޔަށްދޭނަމަ 50،000 ރުފިޔާ އިން ޖޫރިމަނާކުރާނަންޚަބަރު | 6 މަސް ކުރިން