logo
MPL

MPL

ޚަބަރު

އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފި

އައިޝަތު ނަޝާ
4 ޖޫން 2026 - 05:15
އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ހައުސިން ޔުނިޓްގެ ތެރެއިން ބައެއް ޔުނިޓުތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލާގައި މިދިޔަ މަހު އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. 

އެ ކުންފުނިން ބުނީ އެފްޑީސީގެ ހައުސިން ޔުނިޓްތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްލެޓު ކުއްޔަށް ދޫކުރަން އިޝްތިހާރުކުރާ ޕޭޖުތަކުގައި މި ފްލެޓުތައް ކުއްޔަށް ދޫކުރަން ދޭތެރެއަކުން ޖަހަ އެވެ. މިދިޔަ ފެބްރުއަރީ މަހު ވަނީ އަމާން އުދަރެސްގެ ފްލެޓެއް، ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސާލައެއް ވެސް ފެންމަތިވެފަ އެވެ. 

އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން އެ މީހުން ނެރެ، ފަހުން ފްލެޓު ލިބުނު އާއިލާ އެތަނުގައި ދިރިއުޅެން ފެށި ކަމަށް ކުރިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެފައިވެ އެވެ. 

އެކަމާ ގުޅިގެން ހަމްދާން ވިދާޅުވީ އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރި އަށް އެ ފްލެޓުތައް ބޭނުންކުރުމުން ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އެ ދެވެނީ ބޮޑު ދެރައެއް ކަމަށެވެ.

އެހެންވެ، ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެކަމާ ގުޅިގެން އެފްޑީސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުލި ނުދައްކާ ދެ ފްލެޓް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން މީހުން ގުޅަން ފަށައިފި: އެފްޑީސީޚަބަރު | 18 ދުވަސް ކުރިންފަހި ދިރިއުޅުން ކޯޕަރޭޝަން ފްލެޓްތަކުގެ ބެލްކަނި އަންނަ މަހު 28 ގެ ކުރިން ރަނގަޅު ކުރަން އަންގައިފިޚަބަރު | މަހެއް ކުރިންފަހި ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 2 މަސް ކުރިންއެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާ ކޮށްފިޚަބަރު | 5 މަސް ކުރިން