logo
ޚަބަރު

ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފި

އައިޝަތު ނަޝާ
10 ސެޕްޓެމްބަރު 2025 - 10:23
ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފި

އަމިއްލަ ގޯތީގައި ގެދޮރު އަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއަށް ލިބިފަވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ. މީގެތެރޭގައި ހިމެނެނީ، އަތޮޅުތަކުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އިޢުލާނުކޮށްފަވާ ރަށްތަކެވެ.

އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތަކީ ބަންޑާރަ ގޯތީގައި ގެދޮރުއެޅުމަށް މާލީގޮތުން ދަތިތައް ދިމާވެފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ދިނުމަށް ހުޅުވާލި ފުރުޞަތެކެވެ. މި ފުރުޞަތުގެ ދަށުން މިހާތަނަށް ގެދޮރު އަޅަން ހުޅުވާލާފަވަނީ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް އިޢުލާނުކޮށްފަވާ 57 ރަށުގެ ރައްޔިތުންނަށެވެ.

ސަރުކާރުން ފަހިކޮށްދޭ ހައުސިންގ މަޝްރޫޢުގައި، އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދާއި ގޯތީގެ ތަފްސީލްތައް ހޯދުމުގެ މަސައްކަތް ކުރުމަށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކައުންސިލްތަކަށް އެންގީ، މިއަހަރުގެ ޖުލައިމަހުގެ ފުރަތަމަ ހަފްތާގައެވެ. އެހެންކަމުން ކައުންސިލްތަކުން މިކަމަށް އިޢުލާނުކޮށް، އެ މަޢުލޫމާތުތައް ރަށްރަށުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


މި މަސައްކަތުގެ މަޢުލޫމާތު މެންދުރު ޓީވީ އާ ޙިއްސާކުރައްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި 57 ރަށުގެ ތެރެއިން 43 ރަށަކުން، މި މަޢުލޫމާތު މިހާރު ވުޒާރާއަށް ފޮނުވާފަވާކަމަށެވެ. މިހާރު މަޢުލޫމާތު ނުލިބިވަނީ 14 ރަށަކުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation


އެ ވުޒާރާއިން ބުނީ މަޢުލޫމާތު ލިބިފަވާ ރަށްތަކުގައި، މަޝްރޫޢުތައް ވަނީ ޕްރީ ކޮލިފިކޭޝަން އިވެލުއޭޝަން މަރުހަލާގަކަމަށެވެ. މި މަރުހަލާގައި ކުރިއަށްދާނީ، ކޮންޓްރެކްޓަރުން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މީގެކުރިން ހާމަކޮށްފަވާގޮތުގައި، މި ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓަރުންގެ ބޮޑު ޝަޢުގުވެރިކަމެއް ދަނީ ލިބެމުންނެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ އަތޮޅުތަކުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށެވެ. މަޝްރޫޢުއަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާނުކޮށްފަވާއިރު، މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ އެހީގައި އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ 43 ރަށެއްގެ މަޢުލޫމާތު ފޮނުވައިފިޚަބަރު | 14 ގަޑިއިރު ކުރިން