އައްޑޫ ބްރިޖްގެ ސާވޭ އާއި ޑިޒައިން ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
26 އޮކްޓޯބަރު 2025 - 12:26

އައްޑޫ ހިތަދޫ ހުޅުމީދޫ ގުޅާލާ ބްރިޖާ ގުޅޭ ސާވޭތައް ކުރުމާއި ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާފެ ޓީ-ވައި ލިން އިންޓަނޭޝަނަލްއާއެވެ.

Ad by Hajj Corporation
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާއޯހޫއެވެ.
މިއެއްބަސްވުމުގެ ދަށުން ސާވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން ކުރިއަށްދާނެއެވެ.މި ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިގްތިސާދީ ހަރަކާތްތަކާ އެކު އައްޑޫގެ މަލަމަތި ބަދަލުކޮށްލަން ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. މި މަސައްކަތް ހަވާލުކުރީ 1،025،000 ޑޮލަރަށެވެ. މަސައްކަތް ހަވާލުކޮށްފަވަނީ 6 މަސް ދުވަހުން ނިންމާގޮތަށެވެ.
ހިތަދުއާއި ހުޅުމީދޫ ގުޅާލާ ބުރިޖުގެ މަޝްރޫއު ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ވައުދުފުޅަކީ މާލެ ފިޔަވައި އެހެން ސަރަހައްދަކަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.


