logo
ޚަބަރު

ކޮނޑޭގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ނުހާ އަޙްމަދު
11 ސެޕްޓެމްބަރު 2025 - 05:30
ކޮނޑޭގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

ގއ. ކޮނޑޭގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.

ކޮނޑޭގައި އޭޓީއެމް ހިދުމަތް ފަށްޓަވައިދެއްވީ އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި ރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މިހިދުމަތް ފަށްޓަވާދެއްވުމަށްފަހު ވަޒީރު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ބީއެމްއެލްއިން ބުނީ، ކޮނޑޭގައި ގާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ހިދުމަތް ލިބޭނެކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.

އިގްތިސާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްތައް ގާއިމްކުރުމުގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ނިންމާލުމަށް ބީއެމްއެލްއިން ވަނީ އަމާޒުހިފާފައެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްރަށަށް އިގްތިސާދީ ކުރިއެރުން ލިބިގެންދާނެކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފިޚަބަރު | 3 ދުވަސް ކުރިންކޮނޑޭގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަޝްވަރާކޮށްފި ޚަބަރު | 6 ދުވަސް ކުރިންއެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބަދުރުއްދީން އައްޔަންކޮށްފިޚަބަރު | 11 ދުވަސް ކުރިން