logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިވަންތަކަމުގައި ހުރި ރިވެތި ސިފަތައް ދަރީންނަށް ފޯރުކޮށްދޭން ޖެހޭ: މެޑަމް ސާޖިދާ

އާމިނަތު ޝަފާ
12 ސެޕްޓެމްބަރު 2025 - 05:25
މެޑަމް ސާޖިދާ
މެޑަމް ސާޖިދާ

ދިވެހިވަންތަކަމުގައި ހުރި ރިވެތި ސިފަތައް ދަރީންނަށް ފޯރުކޮށްދޭން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙްމަތްތެރި ރައްޔިތެއް." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިތުރަށް ވިދާޅުވީ ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤަައުމީ އަމާނާތެއްކަމަށެވެ.

ރާއްޖޭގައި ޤައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ފުރަތަމަ ފަހަރަށް ތަރިކައާ ބެހޭ ޤާނޫނެއް ވުޖޫދުވި ދުވަހެވެ. މި ޤާނޫނު ތަޞްދީޤުކުރެވުނީ 2019 ވަނަ އަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންހެނުންނަކީ ކަންކަމުގައި ކެތްތެރިކަމާއެކު މުޢާމަލާތް ކުރުމުގެ ހުނަރުވެސް ލިބިފައިވާ ބައެއް: މެޑަމް ސާޖިދާޚަބަރު | 24 ދުވަސް ކުރިންއޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ ހުރިހާ ދާއިރާއެއްގެވެސް މުހިންމު ބައެއް: މެޑަމް ސާޖިދާޚަބަރު | 2 މަސް ކުރިންނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ލިބުމުން މުޅި ގައުމާއި އާއިލާތަކަށް އޭގެ ފައިދާ ލިބޭ: ފަސްޓްލޭޑީޚަބަރު | 5 މަސް ކުރިންއަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްފި ޚަބަރު | 6 މަސް ކުރިން