logo
ޚަބަރު

މީޑިއާ ބިލު ފާސް ވެގެން އަންނަ އިރު އެއްވެސް ނޫސްވެރިއަކު ކަންބޮޑު ވާން ޖެހޭ ކަމެއް ނޯނާނެ: ނާޡިމް

ނުހާ އަޙްމަދު
14 ސެޕްޓެމްބަރު 2025 - 18:47
މީޑިއާ ބިލު ފާސް ވެގެން އަންނަ އިރު އެއްވެސް ނޫސްވެރިއަކު ކަންބޮޑު ވާން ޖެހޭ ކަމެއް ބިލުގައި ނޯނާނެ: ނާޡިމް

މީޑިއާ ބިލު ފާސް ވެގެން އަންނަ އިރު އެއްވެސް ނޫސްވެރިއަކު ކަންބޮޑު ވާން ޖެހޭ ކަމެއް ބިލުގައި ނޯނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޡިމް ވިދާޅުވެއްޖެ އެވެ.

ނާޡިމް މި ފަދައިން ވިދާޅުވީ، މީޑިއާ ކޮންޓްރޯލްގެ ބިލާ ގުޅޭ ގޮތުން މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނާޡިމް ވިދާޅުވީ، މިހާރު މީޑިއާ ތަކުގައި އެންމެ ދެކެވެމުންދާ ވާހަކަ އަކީ މަޖިލީހަށް މިބިލް ހުށަހެޅުއްވި މީގެކުރިންވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު  ހުށަހަޅުއްވި އިރު ބިލް ހުށަހަޅާފައިވާ ގޮތަށް ބިލް އޮންނާނެ ކަމުގެ ވާހަކަ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ބިލަށް ވަނީ ބަންޑާރަ ނައިބު ގެ އިތުރުން އިސް މުވައްސިސާ ތަކުންނާއި އަމިއްލަ ފަރުދުން ހުށަހަޅާފައިވާ އިސްލާހުތަކާ އެކު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

" އެހެންމަ މިހާރު މި ބިލް ކޮމެޓީ އިން ނިމިގެން އަންނަ އިރު އޮންނާނީކީ ހުށަހެޅުއްވި ގޮތަކަށް ނޫނޭ. އެހެން ވީމާ އެއަށް ވުރެން މާ ރަނގަޅަށޭ އޭތި އޮންނާނީ އެހެން ވީމަ އެއިކީ އެއްވެސް ނޫސް ވެރިއަކު ވެސް އަދި ރައްޔިތަކުވެސް އަދި ކޮންޓެންޓް ކްރިއޭޓަރަކު ވެސް ސޯޝަލް މީޑިއާ ޔޫސަރުން ވެސް އެއް ގޮތަކަށް ވެސް ކަންތަށް ބޮޑުވާންވި އެއްވެސް ކަމެއް އެއަކު ނޯނާނެ" : ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޡިމް

ނާޡިމް ވިދާޅުވީ، މި ބިލު ފާސް ކުރުމުގައި މަޖިލީހުގެ މެމްބަރުންގެ ހިކުމަތް ތެރިކަމާއި ، ތެދުވެރިކަމާއި، ގައުމު އިސްލާހު ކުރުމަށް އޮތް ނިޔަތް ހުރިހާ މަސްލަހަތަކަށް ވުރެން ބޮޑުކަން މި ބިލު ފާސް ވެގެން ދިއުމުން ރައްޔިތުންނަށް އެނގިގެންދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ބިލު ފާސް ވެގެން އަންނަ އިރު އެއްވެސް ނޫސްވެރިއަކު ކަންބޮޑު ވާން ޖެހޭ ކަމެއް ބިލުގައި ނޯނާނެ: ނާޡިމްޚަބަރު | 10 ގަޑިއިރު ކުރިންމީޑިއާ ބިލުގެ އެނަލަސިސްއަކާއި ނިޒާމުގެ ރިވިއުއެއް ހަދަން 4 މަސް ދޭން އެދެފިޚަބަރު | 13 ދުވަސް ކުރިން