އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްްޤީކުރަނީ
19 ސެޕްޓެމްބަރު 2025 - 13:11
-1758249476396.webp&w=3840&q=75)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ތަރީޚާއި ޤައުމީ ތަރިކަ އިއާދަކޮށް، ދިރުވައި އާލާކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމުގެ މަސައްކަތްޕުޅުގެ ތެރެއިން އުސްގެކޮޅު އިމަރސިވް މިއުޒިއަމެއް ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ރޭ ސޮއިކޮށްފިއެވެ.

Ad by Hajj Corporation
މި ފަހުމުނާމާގެ ދަށުން އުސްގެކޮޅާއި، ކަޅުވަކަރު މިސްކަތު ސަރަހައްދު ހިމެނޭހެން އިންޓަރެކްޓިވް އިމަރސިވް މިއުޒިއަމް ޑިޒައިންކުރުމާއި ތަރައްޤީކުރުމަށް ބޭނުންވާ ސްކޯޕާއި ޑިޒައިންތައް ތައްޔާރުކޮށް ފަންނީ އެހީތެރިކަން ވުޒާރާއަށް ލިބޭނެއެވެ. އޭގެ އިތުރަށް އުސްގެކޮޅު އިމަރސިވް މިއުޒިއަމް ތަރައްޤީކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވުޒާރާއާއި އެފްޑީސީއާ ދެމެދު އެއްބަސްވެވޭ ގޮތެއްގެ މަތިން ޕްރޮޖެކްޓް ކާމިޔާބުކުރުމަށް އެފްޑީސީން ބައިވެރިވުން ދެއްވާނެއެވެ. މި އާސާރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، ފަހުމުނާމާގެ ބައިވެރީންގެ މެދުގައި ވެވޭ އެ ކަންކަމާ ގުޅޭ އެއްބަސްވުމަކަށްފަހުއެވެ.
މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު، ޙަމްދާން ޝަކީލެވެ.


