logo
Bank of Maldives

Bank of Maldives

ޚަބަރު

ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފި

އާމިނަތު ޝަފާ
20 ޖެނުއަރީ 2025 - 06:17
މާލެ އަތޮޅު ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް  ފެށުން
މާލެ އަތޮޅު ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފެށުން

މާލެ އަތޮޅު ކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ 2020 ވަނަ އަހަރު ކ. ކާށިދޫ ބާ ހުކުރު މިސްކިތުގެ ތެރެއިން ފެނުނު އާސާރީ ތަނެއްގެ ތަރަހަ ދިރާސާ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. މި ގޮތުން މި ހިނގާ 2025 ވަނަ އަހަރުގެ ޖަނަވަރީ 12 ން 24 އާ ދެމެދު އެ ސަރަހައްދު ދިރާސާ ކުރުމުގެ ފުރަތަމަ މަސައްކަތް ކުރިޔަށްދާނެކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އާއި ދިވެހިބަހުގެ އެކެޑަމީ އަދި މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ ގުޅިގެންކުރެވޭ މަސައްކަތެކެވެ. މި ޕްރޮގްރާމުގައި ތަރިކަރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ މުވައްޒަފުންގެ އިތުރަށް ދިވެހިބަހުގެ އެކަޑަމީގެ މުވައްޒަފުންނާއި މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭގެ ޓީމާއި ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިން މާސްޓާސް އިން ދަ އަރޓްސް އޮފް އެފްރިކާ، އޯޝަނިއާ އެންޑް ދަ އެމެރިކާސް ވިތު ސެއިންސްބަރީ ރިސާޗް ޔުނިޓް ކިޔަވަމުންގެންދާ ދިވެހި ދެ ދަރިވަރުން ބައިވެރިވެއެވެ. ދެހަފުތާގެ ދިރާސީ މި މަސައްކަތުގެ ތެރޭގައި ފަންނީގޮތުން ބިމުގެ އަޑީގައި ހުންނަ އާސާރީ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތާ، އެކަމުގެ އަސާސީ މިންގަނޑުތައް ބައިވެރީންނާ ހިއްސާކުރެވޭނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ހިރިގަލު މިސްކިތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހަޅަނީޚަބަރު | ގަޑިއިރެއް ކުރިންއުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްްޤީކުރަނީޚަބަރު | 2 މަސް ކުރިން"ރަށްވެހި އާސާރުތައް ހިންގުމުގެ ޤާބިލުކަން މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ތަމުރީނުތަކެއް މި އަހަރު ފެށޭނެ"ޚަބަރު | 8 މަސް ކުރިންކާށިދޫން ފެނުނު އެވޭލާ މިސްކިތާ ބެހޭ ދިރާސާތައް ފަށައިފިޚަބަރު | 10 މަސް ކުރިން