logo
Bank of Maldives

Bank of Maldives

ޚަބަރު

ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފަށާނެކަން ރައީސް ޢިއުލާންކުރަށްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ސެޕްޓެމްބަރު 2025 - 01:29
ފެލިދޫގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފަށާނެކަން ރައީސް ޢިއުލާންކުރަށްވައިފި

ވ. ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ހަތަރު އަތޮޅެއްގެ މީހުން އުޅޭ ރަށްތަކަށް ހުކުރު ދުވަހު އެމަނިކުފާނު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގައި ވ.ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނުގެ ވާހަކަފުޅުގައި، ފެލިދޫގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ހޮނިހިރު ދުވަހު ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރެވިގެންދާނީ ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ގޮތުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ފެލިދޫގައި ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސްކޫލް ތަރައްޤީކުރުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި،އެ ރަށުގައި 14 ކްލާސްރޫމްގެ 4 ބުރީގެ އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށާއި، އެކަމުގެ އިދާރީ މަސައްކަތްތައް ނިމި، ޢަމަލީގޮތުން މަސައްކަތް ފެށުމުގެ މަރުހަލާއަށް އާދެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ސީ-އެމްބިއުލާންސް ފްލީޓަށް އުޅަނދުތައް އިތުރުކޮށް، ފެލިދެއަތޮޅުގައިވެސް މި ޚިދުމަތް ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ފެލިދޫގެ ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫޢާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކެޔޮދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނަން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންކުރިއަށް ދާނީ ސާބިތުކަމާއެކު، ގާނޫނު މުގުރަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންވަޢުދުވެ ވަޑައިގެންވި މުއްދަތަށްވުރެ 3 މަސްކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ޚިދުމަތް ގާއިމުކޮށްދީފިޚަބަރު | 5 ގަޑިއިރު ކުރިން