logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ވަޢުދުވެ ވަޑައިގެންވި މުއްދަތަށްވުރެ 3 މަސްކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ޚިދުމަތް ގާއިމުކޮށްދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ސެޕްޓެމްބަރު 2025 - 02:29
ވަޢުދުވެ ވަޑައިގެންވި މުއްދަތަށްވުރެ 3 މަސްކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ޚިދުމަތް ގާއިމުކޮށްދީފި

ފެލިދެއަތޮޅު ފެލިދޫގައި އައިޑީ ކާޑުގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް މިހާރުވަނީ ޤާއިމުކުރެވިފައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެލިދޫގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

މި ޚިދުމަތް ފެށިގެން ދިޔުމާއެކު، ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ވަނީ ޤާއިމުކުރެވިފައިކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

އައިޑީ ކާޑުގެ ތާރީޚީ މަރުޙަލާތައް

ދިވެހިންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފެށީ 1984 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. 2003 ވަނަ އަހަރު ޕްލާސްޓިކް ކާޑަށް ބަދަލުވެ، 174 ކަލެކްޓިން ސެންޓަރު ޤާއިމުކޮށް ޚިދުމަތް ފޯރުކޮށްދޭން ފެށުނެވެ.

ކޮވިޑް-19 އާ ގުޅިގެން އައި ބަދަލުތައް

2021 ވަނަ އަހަރު އޮންލައިންކޮށް އައިޑީ ކާޑު ހެދުމުގެ މަސައްކަތް ފެށުނު ނަމަވެސް، މީގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، 3،348 މީހުންގެ އައިޑީ ކާޑު ހައްދައިދީފައި ނުވާކަން ފާހަގަކުރެވުނެވެ.

އައު ނިޒާމުގެ ދަށުން ގެނެވުނު ފަސޭހަތައް

ސަރުކާރުން "ނާރެސް" ޕޯޓަލް ތަޢާރަފުކޮށް، ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. މިއާއެކު ރައްޔިތުންނަށް ވީހާވެސް ގާތުން މި ޚިދުމަތް ލިބޭނެ މަގު ތަނަވަސްވެގެން ގޮސްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީ މަގުގައި ދެ މިނިޓް: އެމްޑީޕީގެ ނާގާބިލުކަމުގެ ދިރިހުރި މިސާލެއް, ނޫނެކޭ ބުނަންވީ މިހެންވެރިޕޯޓް | ގަޑިއިރެއް ކުރިންމާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވައިފިޚަބަރު | 9 ގަޑިއިރު ކުރިން އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިސްކަންދޭނަން: ރައީސްޚަބަރު | ދުވަހެއް ކުރިން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ބައްލަވައިފިޚަބަރު | ދުވަހެއް ކުރިން