logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް ދާނީ ސާބިތުކަމާއެކު، ގާނޫނު މުގުރަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ސެޕްޓެމްބަރު 2025 - 03:02
ކުރިއަށް ދާނީ ސާބިތުކަމާއެކު، ގާނޫނު މުގުރަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން: ރައީސް

ކުރިއަށް ވަޑައިގަންނަވާނި ސާބިތުކަމާއެކުގައި ކަމަށާއި ގާނޫނު މުގުރަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ހަތަރު އަތޮޅެއްގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެލިދެއަތޮޅު ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ ޤާނޫނު ނެގެހެއްޓެވުމަށެވެ. އަދި ޤާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެއެވެ. 

"މާތްﷲ ގަންދެއްވާ ހުވާކޮށްފައި މިވަނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ދައުލަތް ހިންގުމަށް. އެގޮތުގައި ކުރިއަށްދާނީ ސާބިތުކަމާއެކު. އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅާނަން،" ރައީސް ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހިން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ހިފަހައްޓަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްޤީކޮށް، އެމީހަކަށް ޙައްޤު އިޙްތިރާމާއި ޢިއްޒަތް އަނެކާއަށްވެސް ޙައްޤުވާކަން ބަލައިގަނެ، އެގޮތަށް ޢަމަލުތައް ބެހެއްޓުމުން ކަމުގައި ވިދާޅުވިއެވެ.

މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އަދި ރައްޔިތުންނަށްވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ލިބިގެންވާ ކަމަށެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގައިވެސް ބަޔާންކޮށްފައިވަނީ ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށް ކަމަށާއި، އެފަދަ ވާހަކައެއްނަމަ އެއީ ސާބިތުނުކުރެވޭ ވާހަކައެއްކަން ހާމަކުރަންޖެހޭނެ ކަމަށެވެ.

ރައީސް މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ ދިވެހި ރައްޔިތުން ބޭނުންވަނީ އިޙްތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާ ގޮތަށް ޤައުމުގައި ހަމަޖެހުން ޤާއިމުވެގެން ދިއުން ކަމަށާއި، ޤައުމުގައި ހަމަނުޖެހުން އިއާދަވުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމުގައި ފާހަގަކުރައްވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކެޔޮދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނަން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންކުރިއަށް ދާނީ ސާބިތުކަމާއެކު، ގާނޫނު މުގުރަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންވަޢުދުވެ ވަޑައިގެންވި މުއްދަތަށްވުރެ 3 މަސްކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ޚިދުމަތް ގާއިމުކޮށްދީފިޚަބަރު | 5 ގަޑިއިރު ކުރިން