logo
Bank of Maldives

Bank of Maldives

ޚަބަރު

ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަންކުރާއިރު މި ސަރުކާރުން ލޯމަރައިގެން ނުތިބޭނެ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ސެޕްޓެމްބަރު 2025 - 02:23
ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމުގެ ކަންކަންކުރާއިރު ސަރުކާރުން ލޯމަރައިގެން ނުތިބޭނެ: ރައީސް

ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއަތޮޅު ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން ފެލިދޫގައި އައިޑީކާޑުގެ ޚިދުމަތް ފެށިގެން ދިޔުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ގާއިމުކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި އޭޓީއެމް ޤާއިމުކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނަށް މަލާމާތް ރައްދުވަމުންދާކަން ފާހަގަކުރައްވައި، އެފަދަ އަސާސީ ޚިދުމަތްތައް މަރުކަޒުވެފައި ހުރުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފާއި، އެ ޚިދުމަތްތައް ލާމަރުކަޒުކުރުމުން ލިބޭ ލުއިފަސޭހަކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ލުއިފަސޭހައަށް ކުރާ ކަންކަމުގެ މަންފާ ރައްޔިތުންނަށް ލިބުނަ ނުދޭން، ސިޔާސީ ބޭނުމެއްގައި ރާވައިގެން ކުރާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

''ގަސްދުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ކަންކަން ކުރަމުންދާއިރު، މި ސަރުކާރުން ލޯމަރައިގެން ނުތިބޭނެ، ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް މި ސަރުކާރުން ދެން ފުރުޞަތު ނުދޭނަން'' ރައީސް ވިދާޅުވެފަވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންކެޔޮދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނަން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންކުރިއަށް ދާނީ ސާބިތުކަމާއެކު، ގާނޫނު މުގުރަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދޭނަން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންވަޢުދުވެ ވަޑައިގެންވި މުއްދަތަށްވުރެ 3 މަސްކުރިން ހުރިހާ އަތޮޅެއްގައި އައިޑީކާޑުގެ ޚިދުމަތް ގާއިމުކޮށްދީފިޚަބަރު | 5 ގަޑިއިރު ކުރިން