logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އަކީ އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއްނޫންކަން ވަރަށް ސާފު: ޝިޔާމް

އައިމިނަތު މޫސާ
20 ސެޕްޓެމްބަރު 2025 - 05:09
ފިޝަރީޒް މިނިސްޓަރ ޝިޔާމް
ފިޝަރީޒް މިނިސްޓަރ ޝިޔާމް

ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއްނޫންކަން ވަރަށް ސާފު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި، ރަށްރަށުގެ ތަރައްގީއަށްޓަކައި ރައީސް ކުރައްވަމުން ގެންދަވަނީ އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކަން، އެމަނިކުފާނާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ބޭފުޅުން ވެސް މިއަދު ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތަށް ވަޑައިގެން އެމަނިކުފާނު  އެ ގެންދަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެ  ރައްޔިތުންގެ ކިބައިން އައްސަވައި ސާފުކުރައްވަމުން ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަކީ އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ރައީސް ޑރ. މުޢިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް  ވަޑައިގަންނަވާ ބޭފުޅެއްނޫންކަން ވަރަށް ސާފު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަތަރު އަތޮޅެއްގެ 31 ރަށަކަށް ރައީސް ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވ.ފުލިދުއަށް ވަޑައިގެން އެމަނިކުފާނު ވަނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި، ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ވެސް ފަށްޓަވައި ދެއްވައިފައެވެ. ބީއެމްއެލް އޭޓީއެމްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކުރުމަށް ސަރުކާރާއި އެ ބޭންކު ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވ. އަތޮޅު ހިމެނޭހެން ޖުމްލަ 12 އަތޮޅެއްގައި މި ޚިދުމަތް ފަށާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންއައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | 12 ގަޑިއިރު ކުރިންއައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިޚަބަރު | 12 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް ޚަބަރު | 18 ގަޑިއިރު ކުރިން