logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ދެ އަހަރެކޭ އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ނޮވެމްބަރު 2025 - 14:54
އަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް

މި ސަރުކާރުގެ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓްގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް ދީފައިވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ދުނިޔެއާއި އަޅުގަނޑުމެންނާ ގުޅުވާލަދޭ މައިގަނޑު ވަޞީލަތަކީ މިހާރު އަތްމަތީގައި އޮންނަ ފޯނު ނުވަތަ އިލެކްޓްރޯނިކް މީޑިއަމްތައް ކަމަށެވެ. އެގޮތުން، ޤައުމު އެންމެ ބޮޑަށް ދިފާޢުކުރެވޭނީ މިހާރު މިފަދަ ވަޞީލަތްތަކުގެ ބޭނުން ހިފައި، ޤައުމާ އެއްކޮޅަށް ސިކުނޑިތައް ބޭނުންކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ކުރިއަށްދާނެ ކަމަށާއި، ރާއްޖޭގެ މުސްތަޤްބަލް އޮތީ އުޖާލާކޮށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ، ސަރުކާރުން ކުރާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ އެއްބައި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ދެ އަހަރެއްހާ ދުވަހު ވެސް ސަރުކާރުން މަސައްކަތްކުރީ މިގޮތަށް ކަމަށެވެ. އަދި މިހާރު ފާސްކުރަން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުން ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް މިކަން ފެނިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އެތައް ކަމެއް ކުރަން އެއޮތީ ހުށަހަޅާފައި، ނޫނީވިއްޔާ ހިމަނާފައި، ޕްލޭންކޮށްފައެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިފައިންގެ އެކިއެކި ދާއިރާތައް ތަރައްޤީކުރުމާއި، ސިފައިން ޚިދުމަތުގައި ހޭދަކުރާ ވަގުތު، އެ ސިފައިންނަށް މިދިޔަ ގިނަ އަހަރުތަކުގައި އަޅައިނުލައި އޮތްއޮތުން ނިމުމަކަށް ގެނެސް، ރަނގަޅު ޚިދުމަތްތައް ދިނުމަށް ބަޖެޓުގައި ހިމެނުން ހިމެނެއެވެ. މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ، ބަންޑާރަ ކޮށްޓާއި، ކަޅުތުއްކަލާ ކޮށީގައި ޚިދުމަތުގައި އުޅޭ ސިފައިން ބޭނުންކުރަންޖެހޭ އިމާރާތްތަކާއި ތަންތަން ބާވެ ވީރާނާވަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށްޓަކައި އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އޭގެ އިތުރުން ދެކުނުގައި، އައްޑުއަތޮޅުގައި އާ މަރުކަޒެއް އެޅުމާއި، ޓްރޭނިންގ މަރުކަޒެއް އެޅުން ވެސް ހިމެނެއެވެ. ގިރިފުށީގެ ޓްރޭނިންގ ސެންޓަރު ހެދުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. ފުލުހުންގެ ތެރޭގައި ވެސް އެތައް ކަމެއް ކުރުމަކީ ސަރުކާރުން ކުރާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިކަންކަމުގެ ބޭނުމެއް ޙަޤީޤަތުގައި އޮތީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ އަތްމަތީގައި ކަމަށާއި، ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ޤައުމާ އެއްކޮޅަށް ކުރަން ނިންމައިފިއްޔާ ކުރާ ކަމުގައި ވަނީ ނަމަ އެކަންކަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، މީދޫ އާއި ހުޅުދޫއަށް ވަކި ކައުންސިލްތަކެއް އުފެއްދުމަށް ނިންމަވައިފިޚަބަރު | 2 ގަޑިއިރު ކުރިންއައްޑޫ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންއަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް ޚަބަރު | 8 ގަޑިއިރު ކުރިން''ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން''ޚަބަރު | 8 ގަޑިއިރު ކުރިން