logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސްޕާއިން މިދިޔަ މަހު އެހީގެގޮތުގައި 57 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

އައިޝަތު ނަޝާ
21 ސެޕްޓެމްބަރު 2025 - 10:22
އެންސްޕާއިން މިދިޔަ މަހު އެހީގެގޮތުގައި 57 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 57 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރައްޔިތުންގެ ތެރެއިން ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކަށް ރައްކާތެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް އެކި ގޮތްގޮތުން ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާ މެދުވެރިކޮށް، އެހީތެރިކަން ބޭނުންވާ ޢާއިލާތަކަށް މާލީ އަދި އެނޫންވެސް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިއެގޮތުން މިދިޔަ އޯގަސްޓް މަހު އެހީތެރިކަން ބޭނުންވާ ޢާއިލާތަކާއި ކުޑަކުދިންނަށް އެންސްޕާއިންވަނީ 57،773،000 (ފަންސާސް ހަތް މިލިޔަން ހަތްލައްކަ ހަތްދިހަ ތިންހާސް) އަށްވުރެ ގިނަ ރުފިޔާ އެހީގެގޮތުގައި ޚަރަދުކޮށްފައެވެ.

އެންސްޕާއިންވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ، 14492 މީހަކަށް މާލީ އެހީގެ ގޮތުގައި ފަންސާސް ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ ހޭދަކޮށްފައެވެ. މިދިޔަ މަހު އަލަށް މިދަފްތަރުގައި 125 މީހަކުވަނީ ރަޖިސްޓްރީކޮށްފައެވެ. މިވަގުތު ޖުމްލަ 14673 މީހަކުވަނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިންވަނީ 25،720 ރުފިޔާ ހޭދަކޮށްފައެވެ. އަލަށް 4 މީހަކަށް މިއެހީ ފޯރުކޮށްދީފައިވާއިރު، ޖުމްލަ 700 މީހަކަށް ކާބޯތަކެތި ގަތުމަށްވަނީ އެހީފޯރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ނާޒުކު ޙާލަތުގައި ތިބި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އަދި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް އެކި ފަރާތްތަކާ ގުޅިގެންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14,700 މީހުންވިޔަފާރި | 10 ދުވަސް ކުރިންއެންސްޕާއިން މިދިޔަ މަހު އެހީގެގޮތުގައި 57 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިން