logo
Bank of Maldives

Bank of Maldives

ވިޔަފާރި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14,700 މީހުން

އައިޝަތު ނަޝާ
9 އޮކްޓޯބަރު 2025 - 05:24
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14,700 މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14,700 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، (އެންސްޕާގެ) ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 18 އަހަރުން ދަށުގެ ޖުމްލަ 4950 ކުދިން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެތެރޭގައި ހިމެނެނީ 1490 އަންހެން ކުދިންނާއި، 3469 ފިރިހެން ކުދިންނެވެ. އަދި 6193 އަންހެނުންނާއި، 8597 ފިރިހެނުން ހިމެނޭކަމަށް ވެސް އެންސްޕާގެ ތަފާސްހިސާބުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، 18 އަހަރާއި، 64 އަހަރާ ދެމެދުގެ ޖުމްލަ 7526 މީހުން ރަޖިސްޓްރީވެފައިވާކަމަށާއި، އޭގެތެރޭގައި ހިމެނެނީ، 3648 އަންހެނުންނާއި، 3878 ފިރިހެނުންކަމަށް އެންސްޕާ ގެ ތަފާސްހިސާބުން ދައްކައެވެ. އަދި 65 އަހަރުން މަތީގެ ޖުމްލަ 6193 އަންހެނުންނާއި، 8597 ފިރިހެނުން ހިމެނޭހެން 65 އަހަރުން މަތީގެ ޖުމްލަ 2305 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަކީ ބޭސްފަރުވާގެ އިތުރުން ވެސް، ދައުލަތުގެ އާސަންދަ ސްކީމްގެ ދަށުން އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ މުހިންމު އޭޖެންސީއެކެވެ.

 



Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14,700 މީހުންވިޔަފާރި | 9 ދުވަސް ކުރިންއެންސްޕާއިން މިދިޔަ މަހު އެހީގެގޮތުގައި 57 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | މަހެއް ކުރިން